ކީރިތި ޤުރްއާން ކިޔަވަން އުޅުމުން އެކަމަށް ހުރަސް އެޅޭނަމަ ޢަމަލުކުރާނެ ގޮތް-: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކީރިތި ޤުރްއާން ކިޔަވަން އުޅުމުން އެކަމަށް ހުރަސް އެޅޭނަމަ ޢަމަލުކުރާނެ ގޮތް-: ޢުމަރު ސުލައިމާން

ބައެއް މީހުންގެ ކިބައިން ލިބޭ ޝަކުވާއެކެވެ. ކީރިތި ޤުރްއާން ކިޔަވަންފަށަން އުޅޭއިރަށް ކޮންމެވެސް މެދުވެރިވެ އެކަމަށް ހުރަސް އެޅެއެވެ. މުޞްހަފް ނަގަން ތައްޔާރުވާތަނުން ކޮންމެވެސް ކަމެއް ކުރިމަތިވެއެވެ.  

މިއީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ. ތިބާ ޤުރްޢާން ކިޔަވަން ފަށައިފިނަމަ ތިބާއަށް އިވޭނީ ޤުރްޢާނުގެ އަޑެވެ. އެޙާލަތުގައި ޝައިޠޯނާއަށް ތިބާއަށް ވަސްވާސްދޭން އުނދަގޫވާނެއެވެ. ތިބާ އާއި ކައިރިވާންވެސް އުނދަގޫވާނެއެވެ. ވީމާ ޝައިޠޯނާ ކުރާ ކަމަކީ ކޮންމެވެސް ކަމެއް މެދުވެރިކުރުވައިގެން ތިބާ ކިޔެވިއަ ނުދިނުމެވެ.

ވީމާ ކީރިތި ޤުރްޢާން ކިޔަވަން ހުރަސް އެޅޭނަމަ އަވަހަށް އަޢޫޛްކިޔައި ޝައިޠޯނާ ފައްސައިލާށެވެ. އަޢޫޛް، ބިސްމި ކިޔައިގެން ކިޔަވަން ފަށާށެވެ. ކިޔަވަމުންދާއިރު ކިޔަވާ އެއްޗަކަށް ސަމާލުކަންދޭން މަސައްކަތްކުރާށެވެ!  

ޝައިޠޯނާއަށް ވެގެންވާނަމަ އެއއްވެސް މީހަކު ކިޔެވިއަކަ ނުދޭނެއެވެ. ނަމަވެސް އެފަދަ ބާރެއް ޝައިޠޯނާއަށް ލިބިގެނެއް ނުވެއެވެ. ކިޔަވަން އިންނައިރު ޝައިޠޯނާއަށް ހުރަސްއެޅޭ އެންމެ ޢާންމު ސަބަބަކީ ކިޔެވުމުގައި ފަރުވާކުޑަކުރެވުމެވެ. ރަނގަޅަށް އެކަމުގެ ތެރެއަށް ވަދެވި އިންނަނަމަ ހުރަސް އެޅުމުގެ ފުރުޞަތު ޝައިޠޯނާއަށް ކުޑަވާނެއެވެ.  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން