ފާފަ ނުފުއްސަވާނެ މީހަކަށް އަމިއްލައަށް ވެވޭގޮތް އެނގޭހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފާފަ ނުފުއްސަވާނެ މީހަކަށް އަމިއްލައަށް ވެވޭގޮތް އެނގޭހެއްޔެވެ؟: މުފްތީ މެންކް

މީސްތަކުންނޭވެ! ރަނގަޅަށް އަޑުއަހާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް އަދި ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ތިމްނަ ﷲ ގެ ރަޙްމަތާއިމެދު މާޔޫސް ނުވުމަށެވެ. އެމީހަކު ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ. 

މިވާހަކައަކީ އެންމެ ގިނައިން ބުނެވޭ އެއްވާހަކައެވެ. ނަމަވެސް މައްސަލައަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅު ޤަބޫލުނުކޮށް ޝައިޠޯނާގެ ބަސް ޤަބޫލުކުރެވޭ ކަމެވެ. "ކަލޭގެ ފާފަތައް ފުއްސަވައެއް ނުދެއްވަވާނެ! މާގިނަ، މާބޮޑެތި ފާފަތައް ކުރެވިއްޖެ" ކަމަށް ވިސްނައިދެނީ ޝައިޠޯނާއެވެ. 

ބުނަން ހެއްޔެވެ؟ މިތަނަށް އެއްވެސް މިތިބަ އެންމެންގެވެސް ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އެންމެ މީހެއްގެ ފިޔަވައެވެ. އެއީ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދުކަނޑައިލި މީހާގެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާގެ ވަޙީބަސްފުޅަށް އޭނާ އިތުބާރުނުކުރީތީއެވެ. ތައުބާވުމުން ހުރިހާ ފާފަތައް ދުއްސަވައިދެއްވަވާނެ ކަމަށް ވަޙީކުރައްވަވާފައިވަނިކޮށް އެކަން ޤަބޫލު ނުކުރީތީއެވެ. 

މިވާހަކަ މިހައި ގިނައިން ދައްކަން މިޖެހެނީ ޝައިޠޯނާގެ މިބުނި މަޅީގައި ޖެހި ޢާޚިރަތް ނަގައިލެވޭ މީހުން ގިނަވާތީއެވެ. "އަހުރެންނަށް ވަނީ މިވެނި އެވެނި ފާފަތަކެއް ކުރެވިފަ! އަހުރެންގެ ފާފަތައް ފުއްސަވައިދެއްވަވާނެތަ؟" ސުވާލުކުރާމީހުން ގިނަވާތީއެވެ.

އަހުރެން މިބުނަނީއެވެ. ދިރިހުރިހާ ހިނދަކު ލަހެއް ނުވެއެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ! ކިތަންމެ ގިނަ އިން ފާފަކުރެވިފައިވީނަމަވެސް ޢަފޫކުރެއްވެވުމަށް އޮތް ހުރަހަކީ ތައުބާނުވުމެވެ. ތައުބާވުން ފަސްކުރުމެވެ. ފާފަތަކުން ސަލާމަތް ނުވެވޭނީ މަރުވުމުގެ ކުރިން އިޚްލާޞްތެރި ތައުބާއަކުން ތައުބާއަކުން ތައުބާ ނުވެވުނު ނަމައެވެ. 

- މުފްތީ މެންކްގެ ދަރުސަކުން  

 

 

މިއަދު އޮންލައިން