އެންމެ ރަނގަޅު މީހާކަމަށް ވެވެން އޮތް 3 ސިފަ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެންމެ ރަނގަޅު މީހާކަމަށް ވެވެން އޮތް 3 ސިފަ-: މުފްތީ މެންކް

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާއަކީ އެންމެ ރަނގަޅު މީހާ ކަމުގައިވުމަށެވެ. އެކަމަށް އެދިގެން އެކި މީހުން ކުރަނީ އެކި ކަންކަމެވެ. ސުވާލަކީ ތިމާއަކީ އެންމެ ރަނގަޅު މީހާކަމަށްވުމަށް އެކި މީހުން އެކި ކަންކަން ކުރަމުން ގެންދާއިރު މިބަޔާންކުރާ 3 ކަންތަކަށް ސަމާލުކަންދެވޭ ހެއްޔެވެ؟ 

ފުރަތަމަ ކަމަކީ އެންމެ ރަނގަޅު މީހަކީ އެމީހެއްގެ ބައިވެރިޔާއަށް (އަނބިމީހާއަށް/ ފިރިމީހާއަށް ޢާއިލާގެ މީހުންނަށް އެންމެ ރަނގަޅު މީހާކަމަށް އޮތް ޙަދީޘްފުޅެވެ. 

ދެވަނަ ކަމަކީ އެންމެ ރަނގަޅު މީހަކީ ޤުރްޢާން އުނގެނި އަދި އުނގަންނައިދޭ މީހާކަށް އޮތް ބަސްފުޅެވެ. 

ތިންވަނަކަމަކީ އެންމެ ރަނގަޅު މީހަކީ އެންމެ އަޚްލާޤް ރަނގަޅު މީހާކަމަށް ކީރިތި ޤުރްއާނުގައި އޮތް ބަސްފުޅެވެ. 

ދެން ބަލައިލަންވީ މިއުންމަތުގެ މައިކަނބަލުންގެ ތެރެއިން ޢާއިޝަތުގެފާނު ވިދާޅުވެފައިވާ ބަސްފުޅަށެވެ. "ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޚްލާޤަކީ ކީރިތި ޤުރްއާންކަމަށް ވިދާޅުވެފައިވާ ބަސްފުޅަށެވެ.

މިކަންކަމަށް ސަމާލުކަން ނުދީ ތިމާއަކީ އެންމެ ރަނގަޅު މީހާކަމަށްވުމަށް ކުރާ އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ. ވީމާ ތިމާއަކީ އެންމެ ރަނގަޅު މީަހކު ކަމުގައިވުމަށް ކުރާ މަސައްކަތުގެ ބިންގާ ހުންނަން ޖެހޭނީ މި ބަޔާންކުރި ކަންކަމުގެ މަތީގައެވެ، 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން