އޭނާ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިއަހަށް ދިއައީ ފާފައެއް ކުރެވިގެންނެވެ. ދެން މިދުޢާ ކުރަން ޙަދީޘްފުޅު ކުރެއްވެވިއެވެ. އޭނާއަށް 3 ފަހަރު މިދުޢާ ކުރަން ޙަދީޘްފުޅު ކުރެއްވެވިއެވެ. 3 ވަނަ ފަހަރު ދުޢާކުރުމުން އޭނާގެ ފާފަ ފުއްސަވައި ދެއްވަވައިފިކަމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ.
اللهمَّ مغفرتُكَ أوسعُ من ذنوبي، ورحمتُكَ أرجى عندي مِن عملي
މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަހަރެންގެ ފާފަތަކަށްވުރެ ތިޔަ ރަސްކަލާނގެ މާފު ފުޅާވެގެންވެއެވެ. އަދި އަހަރެންގެ އަމަލުތަކަށްވުރެ ތިޔަރަސްކަލާނގެ ރަޙްމަތަށް އަހަރެން ބޮޑަށް އުއްމީދުކުރަމެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން