ޙާލަތެއް މެދުވެރިވުމުން ސަބަބު އޮޅުން ފިލުވަން މީސްމީހުންނާ ސުވާލުނުކޮށް ﷲ އަށް ދަންނަވާ މީހުންނަށް ހިތްދަތިކަމާ މައްސަލަތައް މަދުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޙާލަތެއް މެދުވެރިވުމުން ސަބަބު އޮޅުން ފިލުވަން މީސްމީހުންނާ ސުވާލުނުކޮށް ﷲ އަށް ދަންނަވާ މީހުންނަށް ހިތްދަތިކަމާ މައްސަލަތައް މަދުވާނެ!: މުފްތީ މެންކް

ކަންބޮޑުވާންޖެހޭ ފަދަ ޙާލަތެއް ކުރިމަތިވުމުން އެކަމުގެ ވާހަކަތައް މީސްތަކުންނަށް ކިޔައިދީ އެކަން މެދުވެރިވި ސަބަބު އޮޅުންފިލުވަން އެންމެގާތް އެކުވެރިންނާއިވެސް ސުވާލުނުކުރާށެވެ! އަދި ފާލަބަލާ މީހުންގެ ގާތަށްވެސް ނުދާށެވެ! އެމީހުންނަކަށް އެކަމުގެ ސަބަބެއް ނުއެނގޭނެއެވެ. އަދި ތިބާގެ ޠަބީޢަތަށް ބަދަލު އައި ސަބަބު ނުވަތަ ތިބާއަށް ކުރިމަތިވި ކަންކަން ކުރިމަތިވަން މެދުވެރިވި ސަބަބު ތިބާއަށްވުރެ ބޮޑަށް އެހެން މީހަކަށް އެނގޭނެ ކަމަށްވެސް ހީނުކުރާށެވެ!

އެފަދަ ޙާލަތެއް މެދުވެރިވިނަމަވެސް އެއްވެސް މީހަކުގެ ކިބައިން އެހީތެރިކަމަށް ނުއެދޭށެވެ! ތިބާ އުފެއްދެވި އަދި އުފާވެރިކަމާ ހިތްދަތިކަންވެސް މިންވަރުކުރައްވަވާ ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ! ﷲ ތައާލާގެ ޙަޟްރަތުން ވާގިއެދޭށެވެ!

ކޮންމެ ދުވަހަކީ ދިރިއުޅުމުގެ ކަންކަން އެއްގޮތަކަށް ހުންނާނެ ދުވަހެއް ނޫނެވެ. ކޮންމެ ދުވަހަކީ އެއްފެންވަރަކަސް އުފާވެރިކަން ލިބިގެން ހުރެވޭނެ ދުވަހެއްވެސް ނޫނެވެ. ހިތަދަތިކަންވެސް ކުރިމަތިވާނެއެވެ. "މޫޑީ" ދުވަސްތައް އަންނާނެއެވެ. ނެގިމަޑުވެފައި ހުރެވޭ ދުވަސްތައްވެސް ކުރިމަތިވާނެއެވެ.

ތިބާގެ މައްސަލަތައް ޙައްލުކުރައްވަވައި ދެއްވެވޭނީ ހަމަ ﷲ ތަޢާލާއަށެވެ. އެކަން ޤަބޫލުކޮށް ޢަމަލުކުރާމީހާއަށް މަްސަލަތަކާއި ހިތްދަތިކަން މެދުވެރިވުން މަދުވާނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން