މިއަދުގެ ޙާލަތުން އަރައިގަތުމަށް ކޮންމެ މީހަކާ ބައްދަލުވިނަމަވެސް ކުރަންޖެހިފަވާ 2 ސުވާލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިއަދުގެ ޙާލަތުން އަރައިގަތުމަށް ކޮންމެ މީހަކާ ބައްދަލުވިނަމަވެސް ކުރަންޖެހިފަވާ 2 ސުވާލު-

ކުށްވެރިކުރަންވީ ޒަމާނެއް ނޫނެވެ. އެއްވެސް ޒަމާނަކީ ނުބައި ޒަމާނެއް ނޫނެވެ. ނުބައިވަނީ މީސްތަކުގެ ޢަމަލުތަކެވެ. މީހުންނެވެ. ޢަމަލުތަކަށް ބަދަލުތައް އަންނަމުންގޮސް މިއަދު މިތިބީ ކޮންމެ މީހަކު ކޮންމެ މީހަކާ ބައްދަލުވި ނަމަވެސް 2 ސުވާލެއް ކުރަން ޖެހޭ ޙާލަތުގައެވެ. މިހާލަތުން އަރައިގެނެވޭނީ އެމެންވެސް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީގެންނެވެ.

1 ތިބާ ތައުބާވެއްޖައިންތޯ؟

2 ތިބާ ފަތިސްނަމާދުިކުރިންތޯ؟

މި ފަދަ ސުވާލުތައް އެކަކު އަނެކަކަށްކުރަންވީ ތިމާގެ ގާތް އެންމެންވެސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމުގެ ބޭނުމުގައެވެ. އަތުގައި ހިފައި ދަމައިގެންވެސް ސުވަރުގެއާއި ދިމާއަށް ގެންދެވޭތޯ ބެލުމުގެ ބޭނުމުގައެވެ.

ތައުބާވާންޖެހޭ އެތައް ބައިވަރު ފާފަތަކެއް ކޮންމެ ދުވަހަކު މިދަނީ ކުރެވެމުންނެވެ. ވީމާ ތައުބާނުވެ ސަލާމަތުގެ އައްސޭރިއަށް ފޯރާނީ ކިހިނަކުންނެވެ؟ އަދި އަހަރެމެން އެދޭ ކަންކަން ޙާޞީލުކުރެވުމަށް މަގުފަހިވާނީވެސް ސަލާމަތުގެ އައްސޭރިއަކަށް ފޯރައިގެންނެވެ.

ދެވަނަ ސުވާލު- ފަތިސްނަމާދުކުރިންތޯ؟ މިއީ އެންމެ ގިނައިން ކުރަންވީ ސުވާލެވެ. މައިންބަފައިން ދަރިންނާއި އަދި ދަރިން މައިންބަފައިންނާއިވެސް ކުރަން ޖެހިފައިވާ ސުވާލެކެވެ. ދެމަފިރިން އެކަކު އަނެކަކަށާއި "ހަނީބީ" އާއި ބައްދަލުވުމުންވެސް ކުރަންޖެހިފައި އޮތް ސުވާލެކެވެ.

މި ދެސުވާލުކުރެވުނު ވަރަކުން މެނުވީ މިއަދުގެ ޙާލަތަށް ސަލާމަތްކަމެއް ނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން