އެހެން މީހަކަށް ލިބިފައިވާ އުފާވެރިކަން ނިގުޅައިގަންނަން މަސައްކަތްކުރާ މީހުންނާ ހިތްދަތިކަން އައިސް ބައްދަލުކުރާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އެހެން މީހަކަށް ލިބިފައިވާ އުފާވެރިކަން ނިގުޅައިގަންނަން މަސައްކަތްކުރާ މީހުންނާ ހިތްދަތިކަން އައިސް ބައްދަލުކުރާނެ!: މުފްތީ މެންކް

އުފާވެރިކަންވެސް އަދި ހިތްދަތިކަންވެސް ދެއްވަވަނީ ﷲ އެވެ. އެއްވެސް މީހަކަށް ﷲ އުފާވެރިކަން ދެއްވެވީމާ އެކަން ނިގުޅައިގަންނަން މަސައްކަތްނުކުރާށެވެ!

ތަކުރާރުކޮށްލާނަމެވެ. އެއްވެސް މީހަކަށް ހިތްދަތިކަމެއް، ދަތި އުނދަގޫކަމެއް ކުރިމަތިކުރުވަން އެއްވެސް މަސައްކަތެއް ނުކުރާށެވެ! އެކަން އައިސް ތިބާ އާއި ބައްދަލުކުރާނެއެވެ. ނުއެނގެނީ ކޮން ދުވަހަކު ކޮންވަގުތަކުކަމެވެ.

މީސްތަކުންނަށް މިއަދު ކުރެވޭ އެންމެ ބޮޑު އެއް ފާފައަކީ އޭނާގެ އަވަށްޓެރިޔާއަށް ނުވަތަ އެކުވެރިއަކަށް ނިޢްމަތެއް، އުފާވެރިކަމެއް ދެއްވެވުމުން އެކަމަށް ނުރުހެވި ވާހަކަތައް ފަތުރައިހެދޭކަމެވެ. ޙަސަދަވެރިވެވޭކަމެވެ.

އަހުރެންގެ ނަޞޭޙަތަކީ މީހަކަށް ނިޢްމަތެއް މިންވަރުކުރައްވަވައިފިނަމަ އެކަމުގެ އުފަލުގައި ތިބާވެސް ބައިވެރިވެ ހެޔޮދުޢާކުރުމެވެ. އެނިޢްމަތް މިންވަރުކުރެއްވެވީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ކަމުގައިވާހާލު، އެކަމަށް ހަސަދަވެރިވެވިއްޖެނަމަ، ޙަސަދަވެރި އެވެވެނީ ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންވާ މީހަކަށެވެ.

ކަމެއް ކުރާނަމަ ކުރަން އޮތް ކަމަކީ އެމީހާގެ ކިބައިވަނީ ކޮން އިތުރު ހެޔޮކަމެއްކަން ދެނެގަންނަން މަސައްކަތްކުރުމެވެ. އެމީހާ ތިބާއަށްވުރެ އިތުރަށް ކުރަނީ ކޮން ހެޔޮ ޢަމަލެއްކަން ދެނެގަންނަން މަސައްކަތްކުރުމެވެ. ހަމައެޢާއިއެކު ތިބާކުރާ ހެޔޮ ޢަމަލުތައް އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން