ބޭނުންވާ ކަންކަން ނުފުދިގެން ތިއަ އުޅެނީ ތަޅުދަނޑިއާ ނުލާ ގަދަކަމުން ދޮރުހުޅުވައިގެން ވަންނަން އުޅެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ބޭނުންވާ ކަންކަން ނުފުދިގެން ތިއަ އުޅެނީ ތަޅުދަނޑިއާ ނުލާ ގަދަކަމުން ދޮރުހުޅުވައިގެން ވަންނަން އުޅެވޭތީ!

މީސްތަކުންނޭވެ! ޚާއްޞަކޮށް ޒުވާނުންނޭވެ! ޙާޞިލްކުރަން ބޭނުންވެގެން ތިއައުޅޭ ހުރިހާ ކަމެއް ވެސް ޙާޞިލުކުރެވޭނެ ތަޅުދަނޑި އެއްލައިނުލާށެވެ! ތަޅުދަނޑިން ދޮރުހުޅުވައިގެން ވަނުމަކީ އޮތް އެންމެ ފަސޭހަގޮތް ކަމަށްވާއިރު ތަޅުދަނޑި އެއްލާލާފައި ގަދަކަމުން ދޮރުހުޅުވައިގެން އެތެރެއަށް  ވަންނަން މަސައްކަތް ނުކުރާށެވެ! 

އަޑުއަހާށެވެ! ﷲ ތަޢާލާ ކަންކަން ނިންމަވާފައިވާ ގޮތާއިމެދު ވިސްނައިލާށެވެ! ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރަންވެސް އޮތް އެންމެ ފަސޭހަ މަގަކީ ހަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. 

މީސްތަކުންގެ މެދުގައި މަޝްހޫރު މީހަކަށް ވެވިދާނެއެވެ. ނަމަވެސް އެއީ ހަމަ ދާދި ކުޑަ ދުވަސްކޮޅަކަށެވެ. މީސްތަކުންގެ ކިބައިން ލިބޭ މަޝްހޫރުކަން މާގިނަ ދުވަހަކު ދެމިނުއޮންނާނެއެވެ. ދާނީ ފަނޑުވަމުންނެވެ. 

އެންމެންނޭވެ! މިސްކިތަށް އަރާށެވެ! ކުރީ ސަފުން ޖާގަހޯދާށެވެ! އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މަޝްހޫރުކަންވެސް ލިބޭނެއެވެ. އަދި އެއިރުން މީސްތަކުންގެ ކިބައިންވެސް މަޝްހޫރުކަން ލިބޭނެއެވެ. 

ޙާޞިލްކުރަން ބޭނުންވެގެން ތިއައުޅޭ ހުރިހާ ކަމެއް ވެސް ޙާޞިލުކުރެވޭނެ ތަޅުދަނޑި ކަމަށް މިބުނަނީ ނަމާދުގެ ވާހަކައެވެ. ނަމާދު ޤާއިމުކުރުމުގެ ވާހަކައެވެ. ކުރީ ސަފުން ޖާގަ ހޯދައިގެން ނަމާދުކުރުމުގެ ވާހަކައެވެ. ބޭނުންވާ ހުރިހާ ކަންކަން ކާމިޔާބުވުމުގެ ތަޅުދަނޑިއަކީ ނަމާދެވެ. ގޮތް ބަލައިލަންވެސް ނިކަން ތަޖުރިބާ ކޮށްލައިބަލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން