ޔޫނުސުގެފާނު ވާހަކަ 6: ޔޫނުސްގެފާނުގެ ދުޢާފުޅު

ކިޔުމަށް ހޭދަވާނީ 3މ 1ސ
ޔޫނުސުގެފާނު ވާހަކަ 6: ޔޫނުސްގެފާނުގެ ދުޢާފުޅު

ޢަލީ އިޙްޞާން ފިރާޤް

 

ޔޫނުސްގެފާނުގެ ދުޢާފުޅު: 

ޔޫނުސްގެފާނު މަހުގެ ބަނޑުގައި ހައްޔަރުވެގެންވި ހިނދު އެކަލޭގެފާނު އަރަހުށި މާތްގެ ޙަޟްރަތަށް ކުއްތަންވެވަޑައިގެން ވަރަށް މަތިވެރި ދުޢާފުޅެއް ކުރެއްވިއެވެ. އެ ދުޢާފުޅުގެ ބަރަކާތުންނާއި، އެކަލޭގެފާނުގެ ތަސްބީޙަފުޅުގެ ބަރަކާތުން އަރަހުށި މާތް އެކަލޭގެފާނުގެ އެ ހިތާމަވެރި ކަމުން މިންޖުކޮށް ދެއްވިއެވެ. 

ސަޢުދު ބިން އަބީ ވައްޤާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

"دَعْوَةُ ذِي النُّونِ، إِذْ دَعَاهُ وَهُوَ فِي بَطْنِ الْحُوتِ، لاَ إِلَهَ إِلاَّ أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِيْنَ فَإِنَّهُ لَمْ يَدْعْ بِهَا رَجُلٌ مُسْلِمٌ فِي شَيءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ " {رَوَاهُ التِّرْمِذِىُّ بِسَنَدٍ صَحِيحٍ، ޙަދީޘް ނަންބަރު 3505}

މާނައީ:[ذوالنّون (އެބަހީ:يونس عليه السّلام) މަހުގެ ބަނޑުތެރޭގައި އޮންނަވައި މި ފަދައިން ދުޢާފުޅު ކުރައްވައި ވިދާޅުވިއެވެ. [}لاَ إِلَهَ إِلاَّ أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِيْنَ.{  އެބަހީ: އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.]  ފަހެ، ހަމަކަށަވަރުން އެއްވެސް މުސްލިމަކު ކަމަކަށް އެދިގެން މި ފަދައިން ދުޢާކޮށްފި ކަމުގައިވަނީނަމަ އޭނާގެ ދުޢާ އަރަހުށި މާތް، އިޖާބަ ނުކުރައްވައި ނުދާހުއްޓެވެ.]

ޔޫނުސްގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅުގެ އެއްވެސް ޙާލުކޮޅެއް އިސްލާމީ މުޢުތަބަރު އެއްވެސް މަސްދަރަކުން އެނގޭކަށެއްނެތެވެ.

އަރަހުށި މާތް، ޔޫނުސްގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ!

 

 

 

 

މިއަދު އޮންލައިން