ސަޖިދަކުރަންވީ ހަމައެކަނި ނަމާދުގަ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެއް ނޫން! ލިބެންހުރި ފައިދާ މާގިނަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ސަޖިދަކުރަންވީ ހަމައެކަނި ނަމާދުގަ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެއް ނޫން! ލިބެންހުރި ފައިދާ މާގިނަ! އިން ޝާ ﷲ

އަހުރެމެންނަށް ﷲ ތަޢާލާ އަންގަވާފައިވަނީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުނަމަތީގައި ތިބޭބައަކަށް ވުމަށެވެ. އެއީ ޛިކުރުކުރުން ގިނަކުރުމެވެ. އަދި ގިނަގިނައިން ސަޖިދަކުރާ ބައަކު ކަމުގައިވުމަށެވެ. 

ސަޖިދަކުރާިރު ވިސްނަ އޮތް އެއްކަމަކީ ސަޖިދަކުރަންވީ ހަމައެކަނި ނަމާދުކުރާތީ ނޫންކަމެވެ. މާނައަކީ ސަޖިދަކުރަންވީ ހަމައެކަނި ސަޖިދަކުރުމަކީ ނަމާދުގެ ރުކުނަކަށްވާތީ ނޫންކަމެވެ. ސަޖިދަ ކުރުމުގެ ބޭނުންތަކުގެ ތެރޭގައި ﷲ ތަޢަލާ އާއި ވީހައި ބޮޑަށް ކުއްތަންވުން ހިމެނެއެވެ. ކުއްތަންވާން ބޭނުންވުން ހިމަނަން ޖެހެއެވެ. 

ސަޖިދައިގައި އޮވެ ކުރަން އޮތް ހަމައެކަނި ޛިކުރުކުރުމެއްވެސް ނޫނެވެ. ތިމާއަށް ބޭނުންވެފައި ހުރި ކަންކަމުގެ ވާހަކަތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަން ވެސް އެއަށްވުރެ ރަނގަޅު ފުރުޞަތެއް ނުވެއެވެ. 

ވީމާ ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް، ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވިނަމަވެސް އަތްމަތި ދަތިވިނަމަވެސް، ބޭނުންވާ ކަމެއް ނުފުދި އޮތް ނަމަވެސް ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދައިގައި އޮވެ، އެކަމަކަށް އަވަސް ޙައްލެއް ދެއްވެވުން އެދިގެން ދުޢާކުރުން ގިނަކުރާށެވެ. އެމީހާ އެދޭ ކަންކަން ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން