ބަލިޙާލުގަ އެނދުމަތިވެފައި އޮންނަން ޖެހޭ މީހާއަށް އޮތީ ވަޤުތު ޖެހުމުން އެނަމާދެއްކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ބަލިޙާލުގަ އެނދުމަތިވެފައި އޮންނަން ޖެހޭ މީހާއަށް އޮތީ ވަޤުތު ޖެހުމުން އެނަމާދެއްކުރުން-

ބަލި ޙާލުބޮޑުވެ އެމީހަކަށް ހަމަ ޙަޤީޤަތުގައިވެސް ނުކުޅެދިއްޖެނަމަ މެންދުރު ނަމާދާއި ޢަޞްރުނަމާދު އަދި މަޣްރިބްނަމާދާއި ޢިޝާ ނަމާދު ޖަމްޢްކޮށް ކުރުން ހުއްދައެވެ. 

ނަމަވެސް އެނދުމަތިވެފައިވެ އެނދުން ތެދުވެގެން އެއްވެސް ތަނަކަށް ނުދެވޭ މީހަކަށް އޮތީ އެނަމާދެއްގެ ވަގުތުގައި އެނަމާދެއްކުރުމެވެ.   

ﷲ ތަޢާލާ ކަމެއް ވަކިގޮތަކަށް ބާވައިލައްވަވާފައިވާނަމަ އެކަމުގެ ޙުކުމް ބާވައިލެއްވެވި ސަބަބާއިމެދު ތަކުރާރުކޮށް ސުވާލުކުރާ މީހުންނަށް ޖަވާބުދޭން ވަގުތު އިސްރާފްނުކުރާށެވެ! 

ފަތިސް ނަމާދުގަ 2 ރަކްޢަތް އޮވެފައި މަޣްރިބްނަމާދުގައި 3 ރަކްޢަތް އޮންނާތީވެސް ސުވާލުކޮށްފާނެއެވެ!

މައުމޫން ޙަރަކާތްކުރަންވާނީ އިމާމް މީހާ އަނެއް ރުކުނަށް ބަދަލުވެ ނިމުމުންނެވެ.

"ރުކޫޢަށްދާންވާނީ އިމާމް މީހާ ރުކޫޢުގެ މަޤާމަށް ދިއުމުންނެވެ." (މާނައަކީ އިމާމް މީހާ ޙަރަކާތް ފަށާއިރަށް ފަހަތުން ނުފަށާށެވެ. ޙަރަކާތް ނިންމައި އަނެއް ރުކުނަށް ބަދަލުވެ ނިމުމުން ޙަރަކާތްކުރާށެވެ." 

- ޝައިޚް ޢާސިމް އަލްޙަކީމް

 

 

 

މިއަދު އޮންލައިން