"އިން ޝާ ﷲ" ދޮގުހަދަން ބޭނުންކުރާ ހަތިޔާރަކަށް ހެދުން ބިރުގަންނަވަރަށް ޢާންމުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
"އިން ޝާ ﷲ" ދޮގުހަދަން ބޭނުންކުރާ ހަތިޔާރަކަށް ހެދުން ބިރުގަންނަވަރަށް ޢާންމުވެއްޖެ!

ފުރަތަމަ ކުޑަކުޑަ ވާހަކައެއް ކިޔައިދޭނަމެވެ. ފިރިމީހާ ގެއިން ބޭރަށްދާން އުޅެން ފެށީމާ އަނބިމީހާ އެދެނީ ފިރިމީހާ އެނބުރި ގެއަށް އަންނަމުން ޕާނެއް ގެނެސްދިނުމަށެވެ. ފިރިމީހާގެ ޖަވާބަކީ "އިން ޝާ ﷲ" އެވެ.

އަނބިމީހާ ދެން ސުވާލުކުރަނީ އިން ޝާ ﷲ ގެ މާނައަކީ ގެންނާނަމޭ ހެއްޔެވެ؟ ނޫނީ ނުގެންނާނަމޭ ހެއްޔެވެ؟ ކޮންމެވެސް އެއް ޖަވާބެއް ދިނުމަށެވެ. 

ފިރިމީހާ ބުނީ ﷲ އިރާދަކުރައްވަވައިފިނަމަ ނޫނީ ގެނެވޭނީ ކިހިނަކުން ހެއްޔެވެ؟ އަނބިމީހާގެ ސުވާލަކަށްވީ އިން ޝާ ﷲ ގެ މާނަ އެނގެއެވެ. އެކަމަކު ކަލޭގެ ނިޔަތަކީ ގެނައުން ހެއްޔެވެ؟ ނޫނީ ނުގެނައުން ހެއްޔެވެ؟

ފިރިމީހާއަށް ބުނެވުނީ ނުގެނެވޭނެ ކަމަށެވެ. އަނބިމީހާ ބުނީ އޭނާ ބޭރަށް ގޮސް ގަނެގެނެން ގެނެސްފާނެ ކަމަށެވެ.

މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯކޮޅެގައި ދެމަފިރިއެއްގެ ދެމެދުގައި ދެކެވުނު ވާހަކައެކެވެ. ވީޑިއޯ ފެނި ވާހަކަކޮޅު އަޑުއިވުމުން ގައިން ހީބިހި ނަގައިގެންދިއައެވެ. އެއީ އެކަމެއް ކުރުމުގެ ޤަޞްދުވެސް ނެތި ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދޮގުހެދުން މިހައި ޢާންމުވެފައިވާތީއެވެ.

އެވީޑިއޯ ކޮޅަކީ މިމައްސަލައަށް މީހުން ހޭލުންތެރިކުރުވަން އުފައްދާފައިވާ ވީޑިއޯކޮޅަކަށްވެދާނެއެވެ. އެހެންކަމަށްވީނަމަވެސް މިއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. އިން ޝާ ﷲ މިއަދު ގިނަބައަކު ވަނީ ކުޅޭކުޅޭ ބަހަކަށް ހަދައިފައެވެ. 

މިއީ ވަރަށް ދެރަ ކަމެކެވެ. އެކަމެއް ކުރުމުގެ ނިޔަތް ނެތި އިން ޝާ ﷲ އެވެ ބުނެފިނަމަ އެމަތިވެރި ކަލިމައިގެ ޤަދަރުކުޑަކޮށްލެވުނީއެވެ. އަދި ﷲ ތައާލާގެ މަތިވެރި ނަންފުޅު ބޭނުންކޮށްގެން ބޮޑު ދޮގެއްވެސް ހެދުނީއެވެ. 

އަޅެ މިކަމަކީ އިޞްލާޙްކުރަން ޖެހިފައިވާ ކަމެއް ނޫންހެއްޔެވެ؟ 

- އަލަފް

މިއަދު އޮންލައިން