ޤުރްއާން އެނގުމަކީ ހިތް ބަދަލުވާނެ ކަމެއް ނޫން! ބަދަލުވާނީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ޤުރްއާން އެނގުމަކީ ހިތް ބަދަލުވާނެ ކަމެއް ނޫން! ބަދަލުވާނީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރުމުން!

ބައެއް މީހުން އެދެއެވެ. އެމީހުން  ލޯބިވާ ނުވަތަ ހެޔޮއެދޭ މީހުން ﷲ ތަޢާލާގެ މަގުން އެއްކިބާވެގެންދާތީ އެމީހުންނަށް ވިސްނައިދޭން، އެމީހުންގެ ހިތްތައް ބަދަލުވޭތޯ ކިޔައިދޭނެ އާޔަތެއް ބުނެދިނުމަށެވެ. 

ﷲ ތަޢާލާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކީރިތި ޤުރްއާން އެކުގައި ބާވައިލެއްވެވިއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މީސްތަކުންނަށް ބަޔާންކޮށްދެއްވެވިއެވެ. ހިތް ބަދަލުވީ ވިސްނައި ހިތް ބަދަލުކުރަން ބޭނުންވި މީހެއްގެއެވެ. 

މީސްތަކުންގެ ހިތް ﷲ ތަޢާލާގެ މަގަށް ބަދަލުވުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންތިހާއަށް ބޭނުންފުޅުވެވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަށް ވަކި އާޔަތަކަށް އެދިވަޑައިގެންފައެއް ނުވެއެވެ.   

އަބޫލަހަބްގެ ވާހަކަ ބަޔާންކުރައްވަވައި ސޫރަތެއް ބާވައިލެއްވެވިއެވެ. އޭނާގެ ހިތް ބަދަލެއް ނުވިއެވެ. 

އެނގިގެން މިދަނީ ހިތްބަދަލުވާނީވެސް ތެދުމަގު ފެންނާނީވެސް އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރުމުންކަމެވެ. އަދި ކީރިތި ޤުރްއާން ކިތަންމު މޮޅަށް އެނގުނަސް އެމީހެއްގެ ހިތުގައި ޤުރްޢާނަށް ލޯބި އުފެދިއްޖެނަމަ ކަމެވެ. 

މީހަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އެއްވެސް މީހެއްގެ ހިތް ބަދަލުކުރުމަކީ އެހެން މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރެއްވެވޭނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. 

ވީމާ މީހެއްގެ ހިތް ބަދަލު ނުވިނަމަވެސް އެކަމުގެ ޒިންމާ އުފުލަން އެހެން މީހަކަށް ނުޖެހޭނެއެވެ. ހެޔޮއެދޭ މީހުންނަށްޓަކައި އޮތީ ދުޢާކުރުމެވެ. އެހެންވެ މީސްތަކުންނަށް ތެދުމަގު ދެއްކެވުން އެދިވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވީ ދުޢާއެވެ. އަހުރެމެންނަށްވެސް އޮތީ ދުޢާކުރުމެވެ.

- ޑރ. ނޫމާން ޢަލީ ޚާން

(ޤުރްއާނާއި ޙަދީޘް ނުވަތަ ދީން ވަރަށް ރަނގަޅަށް އެނގޭ ބައެއް މީހުންގެ ޢަމަލުތައް ހުންނަ ގޮތުން ގިނަބައަކު ކަންބޮޑުވެއެވެ. އެފަދަ މީހުންގެ ކަންބޮޑުވުންތަކަށް ޑރ. ނޫމާން ޢަލީ ޚާންގެ މިވާހަކަކޮޅުން ޖަވާބެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.)

މިއަދު އޮންލައިން