ވެރިކަން ލިބުމާ ނުލިބުމަކީ ހިތަށް އެރިހާކަމެއް ކުރަންވީ ކަމެއް ނޫން!: ޝައިޚް އިމްރާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ވެރިކަން ލިބުމާ ނުލިބުމަކީ ހިތަށް އެރިހާކަމެއް ކުރަންވީ ކަމެއް ނޫން!: ޝައިޚް އިމްރާން

ވެރިކަން ލިބުމަކީވެސް އަދި ނުލިބުމަކީ އެމީހަކު ހިތަށް އެރިހާ ކަމެއް ކުރަންވީކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޝައިޚް އިމްރާން މިމޭރުމުން ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ވެރިކަން ލިބުމާއި ގެއްލުމަކީވެސް އިމްތިޙާނެއް ކަމަށެވެ. 

ޝައިޚް އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު މިސަރުކާރަށް ވެރިކަން ލިބުމުން ރައްޔިތުން އިސްލާމް ދީނާއި ދުރުކުރުވަން އެތައް ކަމެއް ސަރުކާރުން ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެކަންކަން ކުރުމުން އެކަމުގެ ޤާނޫނީ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ފަރާތަކީވެސް ޝައިޚް އިމްރާންކަން ފާހަގަކުރެވެއެވެ. 

އެލްޖީއޭގެ ބެލެނިވެރިކަމާއި ހޯމް މިނިސްޓަރުކަމާއި އަދި ފުލުހުންގެ ބެލެނިވެރިޔާކަމުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރިޔާގެވެސް ހައިޞިއްޔަތުންނެވެ. އަދި މިކަންކަމާއިއެކުގައިވެސް އިތުރަށް ފާހަގަކުރަންޖެހޭ ކަމަކީ މިސަރުކާރުން ރާއްޖޭގައި ޝިރުކުފެތުރުމުގެ ޢަމަލުތައް ހިންގުމުން އެއިން ކަމެއް ފެނިވަޑައިވެސް ނުގަންނަވާކަން ދައްކަވަމުން ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނުހޮވިދާނެކަމުގެ ބިރަށް އިމެއް ނެތި ބަސްފުޅު ވިދާޅުވަމުން ގެންދަވާ ކަމެވެ.

Verikan libumakee imthihaanekeve. Verikan gellumakeeves imthihaanekeve. Verikan libumaa, nulibumakeeves thimaa hithah erihaa kameh kuranvee kameh nooneve.

ޝައިޚް އިމްރާން މިޓްވީޓްގައި ވިދާޅުވެފައި އެވަނީ ވެރިކަން ލިބުމަކީ އެމީހަކު ހިތަށް އެރިހާކަމެއް ކުރަންވީ ކަމެއް ނޫން ކަމަށެވެ. މި ވާހަކަފުޅާ ޝައިޚް އިމްރާންގެ ޢަމަލުފުޅު ވަށައި ޖައްސާނެ ގޮތެއް މިވަނީ ހޯދަންޖެހިފައެވެ. 

Sarukaaraa dhaulathuge magaamuthakugai thibe, dhaulathaa sarukarah huthuruvaafadha huthuru amaluthah hingaameehun, feyve,vakive,saafuvumee dhaulathaa sarukaarah oiy haadhaavaa bodu molhakaa,hevekeve.

މިސަރުކާރުގައި ތިބެ ކަންކަން އިޞްލާޙްކުރަން މީހުން ސަރުކާރުން ވަކިވުމަށް ގޮވާލެއްވީ އިއްޔެއެވެ. ﷲ ތަޢާލާގެ މަގުގައި ޙައްޤު ބަސް ބުނުމާއި ﷲ ގެ ދީން ދިފާޢުކުރަންވެސް ސަރުކާރުގައި ހުރެ ބަހެއް ބުނުމާއި ވަނީ ދެކޮޅު ހައްދަވައިފައެވެ.

 

މިއަދު އޮންލައިން