ޢާއިލާގަވެސް އެކުވެރިންގެ ތެރޭގަވެސް ހެޔޮއެދޭކަމަށް ދައްކައިގެން ތިބާގެ ދިރިއުޅުމަށް ވިހަލާ މީހުން މަދެއް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޢާއިލާގަވެސް އެކުވެރިންގެ ތެރޭގަވެސް ހެޔޮއެދޭކަމަށް ދައްކައިގެން ތިބާގެ ދިރިއުޅުމަށް ވިހަލާ މީހުން މަދެއް ނުވާނެ!: މުފްތީ މެންކް

އެއްވެސް މީހަކާއިމެދު ޝައްކު ކުރުމެއް ނެތެވެ. އަދި ބިރުން ކަންބޮޑުވުމެއްވެސް ނެތެވެ. އެހެނަސް ކޮންމެ މީހަކާއިމެދުވެސް އަބަދުވެސް ހުންނަންވާނީ ސަމާލުވެ ފާރަވެރިވެގެންނެވެ. ބުނާ ބަސްތައް ޒީނަތްތެރިކޮށްފައި، ޢަމަލުތައް އޯގާތެރިކޮށްފައި، ހިތުން ހަސަދަލައިގެން ތިބޭ މީހުން ގިނަވާނެތީއެވެ.

ތިބާގެ ދިރުއުޅުމުގެ ކަންކަން ކުރިއަށްދާގޮތުން، ވަރަށް ގާތުން ވަގުތުން، ވަގުތަށް ބަލަހައްޓާ ބައަކު އުޅޭނެއެވެ. އެއީ ކޮންމެހެން ތިބާ އާއި ރުހިގެން ނުވަތަ ތިބާ ދެކެ ލޯބިވާތީއެއް ނޫނެވެ. ތިބާގެ ދިރިއުޅުން ކުރިއަރަމުންދާތީ އެކަމަށް ނުރުހެވިގެންނެވެ.

އެފަދަ މީހުންނަކީ ބޮޑެތި ޢަދާވާތްތެރިންނެވެ. އެފަދަ މީހުންނަކީ ތިބާގެ ދިރިއުޅުމަށް ވިހަލާ މީހުންނެވެ. އެމީހުންގެ ހަސަދައިންނެވެ.

ޙައްލަކީ ތިމާގެ ހިތް ޠޯހިރުކޮށް ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކަމެއް ނޫނީ ތިމާއަށް ކުރިމަތިނުވާނެކަން ޔަޤީންކޮށްގެން ހުރުމެވެ. އެމީހުންގެ ހިތްތަކުގައިވާ ކަންކަންވެސް ﷲ ތަޢާލާ ދެކެދެނވޮޑިގެންވެއެވެ. އަދި ތިބާގެ ހިތާއި ތިބާގެ ޢަމަލުތައްވެސްމެއެވެ.

ވީމާ އަބަދުވެސް ތިމާގެ ހިތް ޠޯހިރުކޮށް ހެޔޮ ޢަމަލުތައް ކުރުންމަތީގައި ސާބިތުވާށެވެ! ތިބާއަށް ދެރައެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން