ސިޙުރު ޙައްދުވާ މީހުންނަށް އަދަބުނުދެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ސިޙުރު ޙައްދުވާ މީހުންނަށް އަދަބުނުދެނީ ކީއްވެ؟

އަޅުގަނޑަކީ މީހެއްގެ ފަރާތުން ވަރަށް ބޮޑު އަނިޔާއެއް ލިބުނު އަންހެނަކީމެވެ. އަޅުގަނޑާްއި އެކުވެރިވެގެން އުޅުނު މީހަކު އަޅުގަނޑަށް ލޯބިހުށަހެޅުމުން އަޅުގަނޑު އެކަމަށް އިންކާރުކުރީމާ އޭނާ ސިޙުރުވެރިއެއްގެ ގާތަށްގޮސް ހެދި ސިޙުރެއްގެ ސަބަބުން ކައިވެންޏެއް ނުކުރެވި 10 އަހަރު ހުންނަން ޖެހުނެވެ.

ސިޙުރުހަދާ މީހުންނަށް އަދަބުދިން ނަމަވެސް ސިޙުރު ހައްދުވާ މީހުންނަށް ކޯޓުތަކުން އަދަބުދޭތަނެއް ނުފެނެއެވެ. އެއީ ކީއްވެގެންތޯއެވެ؟"

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ ސިޙުރު ހެދުމަކީވެސް ސިޙުރު ހެއްދުވުމަކީވެސް ހަމަ ޙަރާމް ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ސިޙުރު ހައްދުވާ މީހުންނަށްވެސް އަދަބުދެއެވެ. ތިރީގައިވާ ލިޔުން ވިދާޅުވާށެވެ!

އަންހެނަކު ވަރިވާން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެކަމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އަނބިމީހާ ބުންޏެވެ!

"ޢިއްޒަތްތެރި ފަނޑިޔާރުއެވެ! އަޅުގަނޑުގެ ފިރިމީހާއަކީ ސިހުރުވެރިއެއްކަން އެނގުނު ދުވަހުން ފެށިގެން އަޅުގަނޑު އޭނާ ދެކެ ބިރުގަނެއެވެ. މިހާރު އެކަން ވަނީ ނަފަސާނީ ބައްޔަކަށްވެފައެވެ."

"އެކަން އެނގުނީ ކިހިނަކުންތޯ؟" ސުވާލުކުރުމުން ޖަވާބުގައި އަނބިމީހާ ކިޔައިދިނެވެ.

"ޢިއްޒަތްތެރި ފަނޑިޔާރުއެވެ! އެކަން އެނގުނީ ފިރިމީހާ ކިޔައިދިނުމުންނެވެ. އަދި އޭނާ ދެއްކި ވާހަކައަކީ ތެދުކަން ޔަޤީންކުރެވެމުންނެވެ.

ފިރިމީހާ ބުނީ އަވަށްޓެރި 3 އަންހެނަކާއި ކައިވެނިކުރަން އޭނާ މަސައްކަތްކުރި ކަމަށެވެ. އަދި އެ މީހުން އެއްބަސްނުވުމުން މީހަކު ލައްވައި އެމީހުންނަށް އެހެން ފިރިހެނަކާއި ކައިވެނި ނުކުރެވޭނެގޮތަށް ސިހުރުހެދީކަމަށެވެ. އަދި އެ 3 އަންހެނުންނަށްވެސް ކައިވެނިކުރެވުނީ ރުޤްޔާކޮށް ސިޙުރު ބާޠިލުކުރަން ވަރަށް ގިނަ މަސައްކަތްކުރުމުން ޢުމުރުން ވަރަށް ދުވަސްވީ ފަހުން ކަމަށެވެ. އެއީ ތެދެއްތޯ އަޅުގަނޑު ބެލިއިރު އެކަންވީ ހަމަ ތެދަކަށެވެ."

ދެން ބޭއްވި އަޑުއެހުމަށް އެ 3 އަންހެނުންވެސް ހާޒިރުކުރިއެވެ. 3 އަންހެނުންވެސް ބުނީ އެމީހުންނަށް އެގޮތަށް އެކަން ދިމާވިކަމަށާއި ނަމަވެސް ސިހުރުހެދީ ކާކުކން ނުއެނގޭކަމަށެވެ. އަދި ހެކިންގެ ގޮތުގައި ރުޤްޔާކޮށްދިން މީހުންގެ މައުލޫމާތުވެސް ކިޔައިދިނެވެ. ދެން ބޭއްވި ޝަރީޢަތުގެ މަޖިލީހަށް ރުޤްޔާކޮށްދިން މީހުންވެސް ހާޒިރުކުރިއެވެ. އެމީހުން އެކަމަށް ހެކިދިނުމުން ފަނޑިޔާރު ޙުކުމް އިއްވީ އޭނާގެ ކިބައިން އަނިޔާ ލިބުނު 3 އަންހެނުންނަށް ބަދަލެއްގެ ގޮތުން 1.2 މިލިއަން ޕައުންޑް ދެއްކުމަށާއި އަދަބެއްގެ ގޮތުން 45 އަހަރަށް ޖަލަށްލުމަށެވެ. އަދި ކައިވެނި ވަގުތުން ރޫޅާލައިދިނެވެ.

--މައްލޫމާތު: އިޖިޕްޓް ޓައިމްސް

މިއަދު އޮންލައިން