ތައުބާވުމަށް ދެއްވަވާ ފުރުޞަތުގެ ބޭނުން ނުހިފާނަމަ ﷲ ތަޢާލާ އެމީހަކު ދޫކޮށް ލައްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ތައުބާވުމަށް ދެއްވަވާ ފުރުޞަތުގެ ބޭނުން ނުހިފާނަމަ ﷲ ތަޢާލާ އެމީހަކު ދޫކޮށް ލައްވަވާނެ!: މުފްތީ މެންކް

އަހުރެމެންގެ ޢަމަލުތައް އިޞްލާޙްކުރަން ﷲ ތަޢާލާ ފުރުޞަތު ދެއްވަވައެވެ. އިންޒާރުތައްވެސް ދެއްވަވައެވެ. އެކަންކަން ނުވިސްނި ޢަމަލުތައް އިޞްލާޙް ނުކުރާ މީހުން ވަކިހިސާބަކުން ދޫކޮށް ލައްވަވައެވެ. އަދި ދުނިޔޭގައި ކޯފާލެއްވެވުމަށް އިރާދަކުރައްވަވާ މީހަކަށް ނުވަތަ ބައަކަށް ކޯފާވެސް ލައްވަވަތެވެ! 

އެޙާލަތުގައިވެސް އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތައް ލިބެމުންދާތީ އޭނާ ހުންނަނީ އޭނާގެ ކިބައިގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޤަބޫލުކުރެވި ހިތްހަމަޖެހިގެން އުފަލުގައެވެ. އެއީ އޭނާގެ ބޭނުންތައް ފުދެމުންދާތީއެވެ. އެހެނަސް އެމީހަކާއި ﷲ ތަޢާލާ ގުޅުން ކަނޑުއްވަވައިލައްވަވައިފިނަމަ އެމީހަކަށް އެހުރެވެނީ ވަރަށް ބޮޑު ނުރަކަލެއްގެ ތެރޭގައެވެ. ކޮންމެ ވަޤުތަކުވެސް ކޯފާ ލައްވަވައިފާނެ ކަމުގެ ބިރު އޮތުމުންނެވެ. 

ނޫޙްގެފާނުގެ ސިޔަރަތަށް ބަލާށެވެ! ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ނަޞޭހަތާއި އިންޒާރުތައް ދެއްވަވަމުން ގެންދެވުމަށްފަހު ވަކިހިސާބަކުން ވަޙީކުރެއްވެވީ އެދުވަހާއި ހަމައަށް އީމާން ނުވެތިބި މީހުންނާއިމެދު ކަންބޮޑުވެވަޑައިނުގަތުމަށެވެ. ނައުކޮޅެއް ބެންނެވުމަށާއި ކަންތައްތައް ކުރައްވަވަންވީ ގޮތް ފަހުން އަންގަވާނެ ކަމަށެވެ.  

ނައުކޮޅު ބަނދެ ނިމުމުން ކަންތައްތައް ވެގެންދިއައގޮތްވެސް ޤުރްއާނުން އެނގެން އެއޮތީއެވެ. އީމާން ނުވި އެންމެންނަސް ކޯފާލެއްވެވީއެވެ. ޣަރަޤް ކުރެއްވެވީއެވެ. 

މީސްތަކުންނޭވެ! މިއީ ހަމައެކަނި ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ކަންކަން ދިމާވި ގޮތްކަމަށް ދެކެގެން ނުނިމޭނެއެވެ. ދުނިޔެ ފެށުނީންސުރެ މިފަދަ ކަންކަން މިދަނީ ހިނގަމުންނެވެ. މިއަދުވެސް މިދަނީ ހިނގަމުންނެވެ. ހަމައެކަނި ތަފާތަކީ ކަންކަން ކުރިމަތި ކުރެއްވެވުމުން އެއީ ﷲ ތަޢާލާގެ ކޯފާއެއްކަން ނުވަތަ ނޫންކަން އަހުރެމެންނަށް ނުއެނގެނީއެވެ.

ވީމާ ޢަމަލުތައް އިޞްލާޙްކޮށް ﷲ ތަޢާލާގެ މަގުގައި ދެމިހުންނަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ސަލާމަތާއި ރައްކައުތެރިކަން ލިބެން އޮތީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން