އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލި އަޅުކަން ކުރަން ހުރަސް އެޅި، ރުޅިގަދަވެ، ކުނިމޫނު ދެއްކި އަތުންފައިން ގޯސްހެދޭ ސަބަބާ ޙައްލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލި އަޅުކަން ކުރަން ހުރަސް އެޅި، ރުޅިގަދަވެ، ކުނިމޫނު ދެއްކި އަތުންފައިން ގޯސްހެދޭ ސަބަބާ ޙައްލު-

ބައެއް މީހުންނަށް އެމީހުންގެ އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލިގެންދެއެވެ. މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. އެޙާލަތަށް ކަންކަން ދިއުމުން އެމީހަކު ބުނަން ބޭނުންނުވިނަމަވެސް ހަރުކަށި ބަސްތައް ބުނެވެއެވެ. ކުރަން ބޭނުންނުވި ނަމަވެސް ހަރުކަށި ޢަމަލުތައްވެސް ކުރެވެއެވެ. ރުޅިއަންނަން ބޭނުން ނުވި ނަމަވެސް ވަރަށް ކުދިކުދި ކަންކަމުގައިވެސް ރުޅިއާދެވެއެވެ! އަނބިދަރިންނަށާއި ޢާއިލާއަށް އަދި އެންމެންނަށް ކުނި މޫނުވެސް ދެއްކެއެވެ. 

ހަމައެއާއިއެކު މީސްތަކުންގެ ތެރެއިން ވަރަށް ގިނަބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށް ނުވަތަ ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހުން ﷲ ތައާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭކަމެވެ. ދަތި އުނދަގޫތައް މެދުވެރިވާ ކަމެވެ. އަދި އެމީހުންގެ ދިރިއުޅުމަށް ތަފާތު ހުރަސްތައް އެޅި މައްސަލަތައް ކުރިމަތިވެފައިވާކަމެވެ. 

މިހެން މިކަންކަން މެދުވެރިވާ ސަބަބު ވަރަށް ފަސޭހައިން އެނގެން އެބައޮތެވެ. އެއީ ޛިކުރު ނުކުރުމެވެ. ﷲ ތައާލާ ހަނދުމަކުރުމުން ދުރުހެލިވުމެވެ. މިކަން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. އެމީހެއްގެ ޙަޔާތަށް ޚިޔާލަށްވެސް ނުގެނެވޭނެ ފަދަ ދަތިތަކާ ހާސްކަން އަދި ހިތްދަތިކަން ކުރިމަތިކުރައްވަވާނެކަން އެއޮތީ ހާމައަށް އެނގޭށެވެ. 

މީސްތަކުންނޭވެ! ފެން ނުބޯމީހާ ޑީހައިޓްރޭޓްވާފަދައިން ޛިކްރުނުކުރާ މީހާގެ ހިތް ހަރުވެ ހިލަވެގެންދާނެއެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޛް ނުކުރާ މީހުންނާއި ﷲ ތަޢާލާ ފަރުޟުކުރެއްވެވި ކަންކަން ނުކުރާ މީހުންވެސް ހަމަ އެމަގުން ހަލާކުވެގެންދާނެއެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް ޢަމަލުނުކުރާ، ތަންފީޒުނުކުރާ މީހުންވެސް މެއެވެ. އެމީހުންގެ ހިތްތައް ހަރުވެ ހިލަވެގެންދާނެއެވެ. 

އެމީހުންގެ ހިތްތަކުގައި ދަބަރުޖަހައިގެންދާނެކަން ﷲ ތައާލާގެ ވަޙީބަސްފުޅުން އެނގެން އެބައޮތެވެ! 

އެފަދަ މީހަކަށްވާ ހިސާބުން މީހާގެ ކިބައިގައި ތަނަވަސްކަމާއި ބާރު ހުރިނަމަވެސް މީހާ ދާނީ ބަނގުރޫޓޫވަމުންނެވެ. ނިކަމެތިވަމުންނެވެ. ބޮޑެތި މުޞީބާތްތައް ކުރިމަތިވަމުންނެވެ. ހަމަޖެހިލައިގެން މަޑުކޮށްލުމުގެ ފުރުޞަތު އެމީހަކަށް ހިނދުކޮޅަކަށްވެސް ނުލިބޭނެއެވެ. އަބަދުވެސް ހުންނަންޖެހޭނީ ބޮޑު ކަންބޮޑުވުމެއްގެތެރޭގައެވެ. 

މިބަޔާންކުރި މައްސަލަތަކުގެ ޙައްލު ހޯދަން މަސައްކަތްކުރާށެވެ! ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާށެވެ! ޛިކުރްކުރާށެވެ! ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ!

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން 

މިއަދު އޮންލައިން