ހެޔޮ ޢަމަލު ކުރުމަކުން ހަމައެކަނި ނުފުދޭނެ! ކުރި ހެޔޮ ޢަމަލު މީޒާނުގަ ނުބައި ޢަމަލުގެ ކޮޅަށްވެސް ލެވިދާނެ!: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ހެޔޮ ޢަމަލު ކުރުމަކުން ހަމައެކަނި ނުފުދޭނެ! ކުރި ހެޔޮ ޢަމަލު މީޒާނުގަ ނުބައި ޢަމަލުގެ ކޮޅަށްވެސް ލެވިދާނެ!: ޝައިޚް ޝަފީޢު

ހެޔޮ ޢަމަލު ކުރުމަކުން ހަމައެކަނި ނުފުދެއެވެ.

ނިޔަތް ވެސް އެހާމެ މުހިއްމެވެ. އެހެނީ، ދުނިޔެ މަތީގައި ކުރި ޢަމަލުތައް ޤިޔާމަތްދުވަހުން ތިލަފަތަށް ލެވޭ ހިނދު، ނިޔަތުގެ މައްޗަށްވެސް ބެލޭނެއެވެ. ހެޔޮ ޢަމަލެއްވެސް ދެއްކުންތެރިކަމުގެ ނިޔަތުގައި، އަދި ނުބައި ނިޔަތެއްގައި ކޮށްފައިވާ ނަމަ ލެވިގެން ދާނީ ނުބައި ޢަމަލުގެ ތިލަފަތަށެވެ.

ވުމާއެކު، ހެޔޮ ޢަމަލެއް ކުރާނަމަ، ނިޔަތް ސީދާ ކުރާށެވެ. އިޚްލާޞްތެރިވާށެވެ. އެ ޢަމަލަކީ ހެޔޮކަމުގެ ތިލަފަތަށް ލެވޭ ޢަމަލަކަށް ވެގެންދާނީ އެއިރުންނެވެ.

މި ދުނިޔެ އަކީ ހުރިހާ އެއްޗެއް ކަމަށް ނުބަލާށެވެ. މި ދުނިޔޭގެ އުފަލާއި، މަޖަލާއި، ޖަހާއި، ބާރާއި، ނުފޫޒާއި، މަޝްހޫރު ކަމަކީ އެއްވެސް އެއްޗެއް ނޫނެވެ. މިކަންކަން ހާސިލުކުރުމުގެ ބޭނުމުގައި ތިބާގެ އާޚިރަތް ގެއްލުވައި ނުލާށެވެ. ހެޔޮގޮތުގައި އުޅޭށެވެ. ހެޔޮގޮތުގައި ނިމިދާށެވެ. ސަލާމަތުގެ އައްސޭރި އަތުޖެހޭނީ އެއިރުންނެވެ.

--ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން