ފިރިހެނަކު ރުޅި އައުމުން އޭނާގެ ގައިގާ ބާރުހުރީމަ ވަށައިގެންހުރި ހުރިހާ އެއްޗެއް ހަލާކުކޮށްލެވިދާނެއެވެ. އެކަން އަންހެނުން ކުރަނީ އެމީހުން ދައްކާ ވާހަކައިންނެވެ.
ފިރިހެނަކު ރުޅިއައިސް ކަންކަންކޮށް ނުބައި ބަސްތައް ބުނާއިރު ބުއްދިވެރި އަންހެނަކު މަޑުން ހުރެދާނެއެވެ. އެއީ އޭނާ ބަލިކަށިވެފައި އެއްވެސް ކަމެއް ނުކުރެވޭނެތީ ކަމަށް ހީނުކުރާށެވެ! އޭނާ މަޑުން އެހުންނަނީ ދޭނެ ހަމަލާއަކަށާއި ޙަމަލާދޭނެ ވަޤުތަށް ބަލައި ދަސްކުރަންވެގެންނެވެ.
އެކަންކުރެވުނީމާ އޭނާ އަނގަހުޅުވާނެއެވެ. ވާހަކަ ދައްކާނެއެވެ. ވާހަކަ ދައްކާނީ ދަސްކުރި ކަންކަމުގެ އަލީގައި އެހެން މީހުންނަށް ޤަބޫލުކުރެވޭނެ ގޮތަށެވެ. އެހެންވެ އަންހެނުން ދައްކާ ވާހަކަ މީހުން ބަލައިގަންނާނެއެވެ.
އަންހެނެކަށް ގޭގައި ހުންނަ ފަރުނީޗަރުތައް ހަލާކުކޮށްނުލެވިދާނެއެވެ. ފިރިހެނަކާ ހިފައިގެންފިނަމަ ބަލިވެސް ވެދާނެއެވެ. ނަމަވެސް މިބުނި ޒާތުގެ ވިސްތޫނު އަންހެނުން އެމީހުންގެ ދުލުން ޑޭ ޙަމަލާތަކުން ފިރިހެން މީހާއަށް ލިބޭ ގެއްލުން މާބޮޑުވާނެއެވެ.
ބުނެލަން ބޭނުންވަނީ ބޭނުންހައި އެއްޗެއް ކިޔައި ބޭނުންހައި ކަންކަން ކުރާއިރު އަންހެނުން މަޑުން ތިބުމަކީ އެމީހުންގެ ނިކަމެތިކަން ކަމުގައި ނުދެކޭށެވެ! އަދި ބަލިކަށިކަން ކަމުގައިވެސް ނުދެކޭށެވެ!
މިއީ ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯކޮޅެއްގައި ބުނެފައިވާ ބަސްކޮޅެކެވެ. މިވާހަކަތައް ބުނި މީހާއަކަށް ނުބަލަމެވެ. މިބަސްކޮޅުތަކަކީ ފިރިހެނުންވެސް އަދި އަންހެނުންވެސް ވިސްނާލުން މުހިންމު ބަސްކޮޅެއްކަމަށް ފެންނާތީ ހަމަ ޙިއްޞާކޮށްލީއެވެ.
- އަލަފް