ޤުރްއާން އެންދުން މަނާކުރަން އދ ގައި ބުދަ ދުވަހު ނެގި ވޯޓުގައި ޤުުރްއާން އެންދުން ހުއްދަންކުރަން ވޯޓުދިނީ 12 ޤައުމަކުންނެވެ. މަނާކުރަން ވޯޓުދިނީ 28 ޤައުމަކުންނެވެ. 7 ޤައުމަކުން ވަކި ގޮތަކަށް ވޯޓުނުދެއެވެ.
ޤުރްއާން އެންދުން ހުއްދަކުރަން ފާސްކުރަން އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަންވިލާތް ހިމެނޭ ގޮތަށް ޔޫރަޕްގެ ގިނަ ޤައުމުތަކަކުން މަސައްކަތްކުރިއެވެ. ޤުރްއާން އެންދުން ހުއްދަކުރުމަކީ އިސްލާމުންގެ ހިތްތައް އަންދަން ހުއްދަކުރުން ފަދަ ކަމަކަށްވުމުން އެޤައުމުތަކުން އެކަން ދެކެފައިވަނީ ލިބިދޭ މިނިވަންކަމެއްގެ ގޮތުގައެވެ.
ފައުޅުގައި މުސްލިމުންނާއި މިހައި މިންވަރަށް ޢަދާވާތެރިކަން ހާމަކުރަމުން ގެންދާއިރުވެސް ބޭރަށް ހިންގާ މީހުންނަށް އިރުއިރުކޮޅުން ލޮނު ޕެކެޓްގެ ފެންބޯންދޭ އުޞޫލުން އެމެރިކާ ޢާއި އިނގިރޭސި ވިލާތުން ﷲ ގެ އަދާވާތްތެރިން ރާއްޖެ ގެނެސް ދަރިވަރުންނާ ޒުވާނުންނާ ރައްޔިތުންގެ ވިސްނުމަށް ވެކްސިން ދޭނެ ފުރުޞަތު ރާއްޖޭގެ ސަރުކާރުން ދޭ ސަބަބާއިމެދު ސުވާލުއުފެދެއެވެ.

https://twitter.com/UN_HRC/status/1679044013746274304?ref_src=twsrc%5Etfw