ކުރާ ޞާލިޙު ޢަމަލު ފާސިދު ޢަމަލަކަށް ބަދަލުވެ، ހެޔޮ ކަން، ނުބައި ކަމަކަށް ބަދަލުވެދާނެ!: ޝައިޚް ޝަފީޢު ޢަބްދުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކުރާ ޞާލިޙު ޢަމަލު ފާސިދު ޢަމަލަކަށް ބަދަލުވެ، ހެޔޮ ކަން، ނުބައި ކަމަކަށް ބަދަލުވެދާނެ!:  ޝައިޚް ޝަފީޢު ޢަބްދުﷲ

ޤިޔާމަތްދުވަހުން މާތް ﷲ އަޅުގަނޑުމެންނާއި ސުވާލުކުރައްވާނީ ހަމައެކަނި އަޅުގަނޑުމެންގެ ޢަމަލުތަކާ ބެހޭގޮތުންނެއް ނޫނެވެ. އެހެނެއްކަމަކު، އެ ޢަމަލުތައް ކުރި މަޤްޞަދާމެދުވެސް ސުވާލު ކުރައްވާނެއެވެ. 

އެހެނީ، އެ ޢަމަލަކީ އޭގެ ޒާތުގައި ވަރަށް ޞާލިޙު ޢަމަލަކަށް ވެދާނެއެވެ. ނަމަވެސް، އެ ޢަމަލެއް ކުރެވުނު މަޤްޞަދު ގޯސްވެދާނެއެވެ. އަދި ނިޔަތުގައި ޚަރާބުކަމެއް ހުރެދާނެއެވެ. މާތް ﷲ އަށް އޮންނަން ޖެހޭ އިޚްލާޞްތެރިކަން އެކަމުގައި ނޯވެދާނެއެވެ.

އެހެންވެއްޖެނަމަ، އެ އޮތީ، ޞާލިޙު ޢަމަލު ފާސިދު ޢަމަލަކަށް ބަދަލުވެފައެވެ. އަދި ހެޔޮ ކަން، ނުބައި ކަމަކަށް ބަދަލުވެފައެވެ. 

-الشيخ علي الطنطاوي رحمه الله في كتابه (تعريف عام بدين الإسلام، ص99-100) 

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

 

މިއަދު އޮންލައިން