މަރު ހިއްޕަވަން ވަޑައިގެންނެވި މަލާއިކަތުން ފެނުމުން ގެއަށް ވައްދައި މަރުޙަބާކިޔަން ތައްޔާރުވި ބޭކަލެއްގެ ވާހަކަ-!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މަރު ހިއްޕަވަން ވަޑައިގެންނެވި މަލާއިކަތުން ފެނުމުން ގެއަށް ވައްދައި މަރުޙަބާކިޔަން ތައްޔާރުވި ބޭކަލެއްގެ ވާހަކަ-!: ބިލާލް އައްސަދު

މަރު ހިއްޕަވަން ނުވަތަ ފުރާނަ ހިއްޕަވާ މަލާއިކަތުން އެއްވެސް މީހެއްގެ ލޮލަށް ފެނުނުކަން އެނގޭ އެއްވެސް ގޮތެއް އެބަ އޮތްހެއްޔެވެ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަންޖެހެނީ އެފަދަ ޙާދިސާތައް ހިނގާފައި އެބަހުއްޓެވެ. ތިރީގައި އެވަނީ މަޝްހޫރު ޢިލްމުވެރިޔާ ބިލާލް އައްސަދު ވިދާޅުވެދެއްވާފައިވާ ޝައިޚުގެ އަމިއްލަފުޅު ޢާއިލާގެ ވާހަކައެވެ.

އަހަރެން އެއިރު ވަރަށް ކުޑައެވެ. ކަންކަންވާގޮތް ހަނދާނެއް ނުހުރެއެވެ. ނމަވެސް ޢާއިލާގެ މީޙުން ކިޔައިދޭގޮތުން އަހަރެންގެ ކާފަ މަރުވުމުގެ ވަގުތުގައި ބޯފެނަށް އެދުނެވެ. އަދި ކާފަ އޮތްތަން ރީތިކޮށް ސާފުކޮށްލަން އެދުނެވެ. އަދި އެއީ ބޭރުގައި ތިބި ބައަކަށް މަރުޙަބާ ކިޔުމަށް ކަމަށްވެސް ބުނެފައިވެއެވެ.

މިކަން މިދިމާވިގޮތަކީ ކާފަގެ މަރުހިއްޕަވަން ﷲ ތަޢާލާ ފޮނުއްވެވި މަލާއިކަތުން ކާފައަށް ފެނުނީއެވެ. ނަމަވެސް އެކަމުގެ އެއްވެސް ވާހަކައެއް ކިޔައި ނުދެވުނީއެވެ. އެހެނީ މަރުހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން މީހާއަށް ފެންނަހިނދުން ފެށިގެން އެހިނގާ އެއްވެސް ކަމެއްގެ ވާހަކަ އެއްވެސް މީހަކަށް ހާމައެއް ނުކުރެވޭނެއެވެ. އަދި އެމަލާއިކަތުންނާއި އެމީހަކާއި ދެމެދު ވާހަކަތައް ދެކެވޭއިރު އެއިން އެއްވެސް އަޑެއްވެސް އެންމެ ގާތުގައި ހުންނަ މީހާއަށްވެސް ނުއިވޭނެއެވެ.

މިސާލަކަށް ކާފިރުންގެ ފުރާނަ ހިއްޕަވަން އުޅުއްވުމުން ހަށިގަނޑުން ނުކުންނަން ފުރާނަ ދެކޮޅު ހަދާނެއެވެ. ނަމަވެސް މަލާއިކަތުން އެފުރާނަ ހަށިގަނޑުތެރެއިން ނެރުއްވަވާނެއެވެ. އެއިރު އޭނާއަށް ދާނީ އެއްވެސް ކަމެއްގައި ދުނިޔޭގައި އަޅާނެ އެންމެ ގަދަވޭން އަޅަމުންނެވެ. އޭނާއަށް ކެތްނުކުރެވިގެން ތެޅިފޮޅޭނެއެވެ. ނަމަވެސް އެތަން ކައިރީގައި ތިބޭ މީހުންނަށްވެސް ނުފެންނަނީއެވެ. އަދި އޭނާއަށް އެކަންކަމުގެ ވާހަކަ ބުނެވެސް ނުދެވެނީއެވެ. އެއީ އެކަން ﷲ ތަޢާލާ ރާއްވަވާފައިވާ ގޮތެވެ!

މިއީ ހަމައެކަނި އަހަރެންގެ ކާފައަށް ކުރިމަތިވި ކަމެއް ނޫނެވެ! މިފަދަ އެތައް ހާދިސާއެއްގެ ވާހަކަ ބަޔާންވެގެންވެއެވެ. މަސައްކަތްކުރަންވީ ތިމާއަކީ މަރު ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުންނަށް މަރުޙަބާކިޔަން ތައްޔާރަށް ހުންނަ މީހަކު ކަމުގައިވުމަށެވެ! އެއިރުން ކޮންމެވެސް ސިފައެއްގައި އެމީހަކަށް އެފުރުޞަތު ދެއްވަވާނެތެވެ! އިން ޝާ ﷲ

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން