ހެޔޮއެދޭ ރަނގަޅު އެކުވެރިންގެ ކިބައިން ފެންނާނެ 4 ސިފަ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ހެޔޮއެދޭ ރަނގަޅު އެކުވެރިންގެ ކިބައިން ފެންނާނެ 4 ސިފަ-: މުފްތީ މެންކް

އެކުވެރިންގެ ތެރެއިން އަޅުގަނޑަށް ހެޔޮއެދޭ، ރަނގަޅު މީހުން ދެނެގަންނާނީ ކޮންގޮތަކަށްތޯ؟

ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ސުވާލަށް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

އެކުގައި އުޅެންޖެހޭނީ ކޮންބައަކާއިއެކުގައިކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ﷲ ތަޢާލާއަށް ބިރުވެތިވުމަށާއި ﷲ ތައާލާއަށް ބިރުވެތިވާ ހެޔޮލަފާ މީހުންނާއިއެކުގައިވުމަށެވެ. އެކުވެރިންގެ ގޮތުގައި އެފަދަ މީހުން ގެންގުޅުމެވެ. ނުބައި ބައަކު އެކުވެރިންގެ ގޮތުގައި ގެންގުޅެފިނަމަ ދުނިޔެއާއި އާޚިރަތުގައިވެސް އެކަމަށްޓަކައި ހިތާމަކުރަން ޖެހެއެވެ.

އެހެންކަމުން ﷲ ތަޢާލާއަށް ބިރުވެތިވާ ހެޔޮލަފާ މީހުންގެ ސިފަތަކަށް ބަލައިލަން އެބަޖެހެއެވެ.

ފުރަތަމަ ކަމަކީ ރަނގަޅު އެކުވެރިން ﷲ ތަޢާލާއަށް ތެދުވެރިވާނެއެވެ. އަދި ތިބާއަށްވެސް ތެދުވެރިވާނެއެވެ.

ދެވަނަ ކަމަކީ ރަނގަޅު އެކުވެރިން ބުނެ އަޑުއިއްވާނީ ތިބާއަހަން ބޭނުންވާނެ، ތިބާ އުފާވާނެ ކަންކަމުގެ ވާހަކަތަކެއް ނޫނެވެ. ތިބާއަޑުއަހަންޖެހޭނެ ވާހަކަތަކެވެ.

ތިންވަނަ ކަމަކީ ރަނގަޅު އެކުވެރިން ރިވެތި ގޮތުގައި ތިބާ އިޞްލާޙްކުރަން މަސައްކަތްކުރާނެއެވެ. ނުބައި މގަކުން ކުރިއަށްދާނަމަ އެކަމަށް އުފާކޮށް ތަރުޙީބެއް ނުދޭނެއެވެ. ތިބާ ތިއަކުރަނީ ނުބައި އަމަލެއްކަމަށް ބުނެ ރަނގަޅު ގޮތް ކިޔައިދޭނެއެވެ.

ހަތަރުވަނަ ކަމަކީ ރަނގަޅު އެކުވެރިންނަކީ މީސްތަކުންގެ މެދުގައި ތިބާ ފަޟީޙަތްކުރާނެ ބައެއް ނޫނެވެ. އުނި ސިފަތައް ކިޔައިދީ އިޞްލާޙްކުރަން މަސައްކަތްކުރަނީ ފަޟީޙަތް ނުކޮށެވެ. ނަމަވެސް ބައެއް ފަހަރު ރަނގަޅު އެކުވެރިން ނަޞޭޙަތް ދިނުމުން އަހަރެމެން ކަންބޮޑުވަމުއެވެ. އެމީހަކު ކުރަން ބޭނުންވާ ކަމެއްކުރުން އެއީ ރަނގަޅުކަމެއް ނޫން ކަމަށްބުނެފިނަމަ ތިބާއީ ހަމަ އަަހރެންނަށް ހެޔޮއެދޭ މީހަކުތޯ އެބަ ސުވާލުކުރެއެވެ. ޙަޤީޤަތަކީ އެއީ ހަމަ ތިބާއަށް އެންމެ ހެޔޮއެދޭ އެންމެ ގާތް ރަޙްމަތްތެރިޔާކަމެވެ.

--މުފްތީ މެންކުގެ ދަރުސަކު

މިއަދު އޮންލައިން