ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ނުކުރެވޭނަމަ ފުރަތަމަވެސް ތިމާއަށް ނަމާދުކުރެވޭ ގޮތާއިމެދު ވިސްނައިލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ނުކުރެވޭނަމަ ފުރަތަމަވެސް ތިމާއަށް ނަމާދުކުރެވޭ ގޮތާއިމެދު ވިސްނައިލާށެވެ!: މުފްތީ މެންކް

މީސްތަކުންނޭވެ! ބަންގިގޮވައި ޖަމާއަތް ފަށަން ތައްޔާރުވުމުން ތެޅެމުންފޮޅެމުން މިސްކިތަށް އަރާމީހާ ހުންނާނީ ހާސްކަމެއްގެތެރޭގައެވެ. ބަންގީގެ ކުރިން ސުންނަތް 2 ރަކްޢަތް (މަސްޖިދް ސުންނަތް) ކޮށްލާނެ ވަގުތު އޮވެގެން ނިކަން މިސްކިތަށް އަރައި ސުންނަތްކުރަން ފަށައިބަލާށެވެ! ނަމާދަށްފަހު ޛިކްރުކޮށް ރަވާތިބް ސުންނަތް ކުރަން ފަށައިބަލާށެވެ! އަވަސްއަރުވާނުލައި ކެތްތެރިކަމާއިއެކު ތަވާޟުޢްވެރިވެ ހުރެ ނަމާދުކުރަން ފަށައިބަލާށެވެ!

ނަމާދު، ﷲ ތައާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި، ނަމާދުކުރަން ޖެހޭ ގޮތަށް ނުކުރެވިގެން މިއުޅޭ އެންމެ ބޮޑު ސަބަބަކީ ނަމާދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީ އެކަން ކުރަން މަސައްކަތްކުރުމެވެ. މިކަމުގެ ޙަޤީޤަތް ތަޖުރިބާކޮށްލަން ނަމަވެސް ނަމާދުކުރާހިތުން، ނަމާދުކުރަން ލޯބިކޮށްގެން ނިކަން ނަމާދުކުރަން ފަށައިބަލާށެވެ! ނަމާދުކުރުމަކީ ތިމާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބި ޢަމަލުން ދައްކަން ކުރާކަމަކަށް ހަދައިބަލާށެވެ!

ކީރިތި ޤުރްއާން (މާނައާއިއެކު) ކިޔެވުން އިތުރުކޮށް ރަސޫލް ﷺ ގެ ސިޔަރަތު ކިޔަން ނިކަންފަށައިބަލާށެވެ! އެންމެ ކުޑަމިނުން ނަމާދުކުރަންވީ ގޮތާއިމެދު ހުރި ޙަދީޘްފުޅުތައް ނިކަން އުނގެނިބަލާށެވެ! އިން ޝާ ﷲ ތަފާތު ފެންނާނެއެވެ! ތަފާތު ފެންނާނީ ހަމައެކަނި ނަމާދުކުރުގައެއް ނޫނެވެ. ދިރިއުޅުންވެސް ކުރިއަރައިދާނެއެވެ! ތަޤްވާވެރިކަންވެސްމެއެވެ! އިން ޝާ ﷲ

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން