ކުވައިތުން ސްވިޑްންގެ ބަހަށް ތަރުޖަމާކޮށް އެއް ލައްކަ މުޞްޙަފް ސްވިޑްންގަ ބަހަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކުވައިތުން ސްވިޑްންގެ ބަހަށް ތަރުޖަމާކޮށް އެއް ލައްކަ މުޞްޙަފް ސްވިޑްންގަ ބަހަނީ!

ކުވައިތުން އެއް ލައްކަ މުޞްޙަފް، ސްވިޑްންގެ ބަހަށް (ސްވިޑިޝް ބަހަށް) ތަރުޖަމާކޮށް ސްވިޑްންގައި ބަހަން ނިންމައިފިއެވެ. މިމުޞްހަފްތައް ލައިބްރަރީ ތަކަށާއި ސްކޫލްތަކަށާއި މިސްކިތްތަކަށާއި އެހެންވެސް މުއައްސަސާތަކަށް ބަހާނެއެވެ. 

 

މިއީ ސްވިޑްންގައި މުޞްހަފް އަނދައިލި ޙާދިސާ އާއި ގުޅިގެން ކުވައިތުން ނިންމި ނިންމުމެކެވެ. މެލޭސިޔާއިންވެސް ވަނީ ސްވިޑްންގެ ބަހަށް ތަރުޖަމާކުރި 20000 މުޞްޙަފް ސްވިޑްންއަށް ފޮނުވާނެކަމަށް ބުނެފައެވެ. '

ކީރިތި ޤުރްއާން މިހާރުވެސްވަނީ 114 ބަހަށް ތަރުޖަމާކޮށްފައެވެ. އެންމެ މުޞްހަފެއް އަންދައިލުން ވެގެން މިދަނީ އެތައް ބައަކަށް ޤުރްއާނުގެ މަޢުލޫމާތުލިބި ގިނަ ބައަކު މުސްލިމްވާން ލިބިގެންދާނެ ފުރުޞަތަކަށެވެ. 

ﷲ ތަޢާލާ ކީރިތި ޤުރްއާން ރައްކައުތެރި ކުރައްވަވާނެތެވެ. އަދި މަތިވެރިވެސް ކުރައްވަވާނެތެވެ. އެއީ އެއްވެސް ބައަކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. އިން ޝާ ﷲ

މިއަދު އޮންލައިން