ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ހިމެނެން އޮތް އެންމެ ފަސޭހަ މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ހިމެނެން އޮތް އެންމެ ފަސޭހަ މަގު!: މުފްތީ މެންކް

އެކަމަކީ "ﷲ ތައާލާގެ ވަހީބަސްފުޅެއް، ރަސޫލް ﷺ ގެ ޞަޙީޙް ޙަދީޘްފުޅެއްގެ އަޑު އިވޭއިރަށް އެއަށް ވަގުތުން ޢަމަލުކުރުމެވެ. ﷲ ތަޢާލާއަށްޓަކައި ކުރަންޖެހޭ ކަމެއްގެ ވާހަކައަޑުއިވުމުން އެއީ ޞައްޙަ ކަމެއްކަން ޔަޤީންވާނަމަ ވެސް ވަގުތުން ޢަމަލުކުރުމެވެ. އަދި އެކަމަކީ ޔަޤީންނުކުރެވޭ ކަމެއްނަމަ އެކަން ޔަޤީންކުރަން އަވަސްވެގަތުމާއި ޔަޤީންވެއްޖެނަމަ އެ ޢަމަލެއް ވަގުތުން ކުރަން ފެށުމެވެ.

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިން ޢަމަލުކުރާ މީހަކު މަރުވުމުން ހިސާބުބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެކަމަށެވެ. މާނައަކީ އެމީހަކަށް ދެން ކުރެވިފައިވާ ކަންކަން ބައްލަވައިވޮޑިގަންނަވަން ބޭނުންފުޅުވެވޮޑިގެން ނުވާކަމެވެ. އެނގިގެންދަނީ މިބުނި މަގުން ޢަމަލުކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ.

ނަމަވެސް މިއަދު މައްސަލައަކީ ކީރިތި ޤުރްއާން އަދުއަހައި، ކިޔަވައި އަމަލުކުރަން ފަސްޖެހެވޭކަމެވެ. ޙަދީޘްފުޅުތަކަށް ސަމާލުކަން ނުދެވޭކަމެވެ. އެއްކަންފަތުންވަދެ އަނެއްކަންފަތުން ނުކުމެގެންދާކަމެވެ. އެކަމަށް ޢަމަލުނުކުރެވޭތަނުގައި ޢަމަލުކުރަން މަސައްކަތްނުކުރެވޭކަމެވެ. ގެތަކުގެ މާހައުލު ބަދަލުވެފައިވާކަމެވެ. ޤުރްއާން ކިޔެވޭއަޑު އިވެމުންދާއިރު ދުނިޔަވީ ކަންކަމަށް ޣާފިލުވެ ކުޅިވަރުތަކާއި އަމިއްލަ ކަންކަމުގައި ތިބެން ހަދައިގެން އިވޭ ޤުރްއާނުގެ އަޑަށް ސަމާލުކަން ނުދެވޭކަމެވެ. ރޯދަމަހު ދެވޭ ސަމާލުކަން ރޯދަމަސް ނިމުމުން ދޫކޮށްލެވޭކަމެވެ.

ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ މީހުންގެ ތެރޭގައި ހމެނުމަށް ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އަދި އެއީ އެމީހާ އެދޭކަންތައް ކަމުގައި ނުވާނެ މުސްލިމަކުވެސް ނުހުންނާނެއެވެ. އެހެންކަމުން މިބުނެދިނީ އެކަމަށް އޮތް އެންމެ ފަސޭހަ އެއް މަގެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން