ދެމަފިރިންގެ ގުޅުން ދިރުވައި އާލާކުރަން ބޭނުންނަމަ އަނެކާގެ އަގުވަޒަންކޮށް ތަޢްރީފްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް!: ޑރ. ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދެމަފިރިންގެ ގުޅުން ދިރުވައި އާލާކުރަން ބޭނުންނަމަ އަނެކާގެ އަގުވަޒަންކޮށް ތަޢްރީފްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް!: ޑރ. ޔާސިރު ޤާދީ

ދެމަފިރިންގެ މެދުގައި ލޯބި ދިރުވައި އާލާކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އެކަކު އަނެކަކަށް ހިތްވަރުދީ ތަޢްރީފްކުރުމެވެ. ވީމާ ދެމަފިރިންކުރެ ކޮންމެ މީހަކަށް ނަމަވެސް ކިތަންމެ ކުޑަކަމެއްގައި ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކުރިއެރުމެއް ލިބިއްޖެނަމަ އެކަން ފާހަގަކުރާށެވެ!

އެގޮތަށް އެކަން ނުކޮށް ހުއްޓައި އެހެން މީހަކު އެފަދަ ތަޢްރީފެއް ކުރުމުން އެމީހަކަށް ހުރިހާ ސަމާލުކަމެއް ދެވި ދެމަފިރިންގެ ގުޅުން ވީރާނާވެގެންދަނީވެސް މަދަކުން ނޫނެވެ! ވީމާ އެއި ކުޑަކަމެއް ކަމަށް ނުދެކޭށެވެ!

ދެމަފިރިންކުރެ ކޮންމެ މީހަކަށް ނަމަވެސް ކިތަންމެ ކުޑަ ކުރިއެރުމެއް ކާމިޔާބީއެއް ލިބުނު ނަމަވެސް އެއީ ވަރަށް ބޮޑުކަމެއް ދެކެގެން ހޫނުމަރުޙަބާއެއް ކިޔާށެވެ! އެއިރުން އެ އަންގައިދެނީ ބައިވެރިޔާއަށް ލިބޭ ކިތަންމެ ކުޑަ ކުރިއެރުމަކަށްވެސް އެދެވޭ މިންވަރެވެ.

ކޮންމެ ފަހަރަކު، ކޮންމެ ކަމެއްގައި ލިބޭނީ އެންމެ ބޮޑު ކާމިޔާބީއެއް ނޫނެވެ! ބައެއް ކަންކަމުގައި ލިބޭ ކާމިޔާބީގެ މިންވަރު ކުޑަވެދާނެއެވެ. ފިރިމީހާގެ ވަޒީފާ ކުޑަތަންކޮޅެއް މަތިވެލީއެވެ. ލިބޭ މުސާރަވެސް މަތިވެލީ އެހައިމެ ކުޑަ މިންވަރަކުންނެވެ!

އެފަދަ ޙާލަތެއްގައ "ތިއައީ ދެން ކޮން ކުރިއެރުމެއް؟" ކަމަށް ނުބުނާށެވެ! އެއިގެ ބަދަލުގައި "މާޝާﷲ" ބުނާށެވެ! "އިން ޝާ ﷲ ދެން ލިބޭނީ މާބޮޑު ކުރިއެރުމެއް!" ފަދަ ހިތްވަރުދިނުމުގެ ބަސްތައް ބުނާށެވެ!

ހަމައެފަދައިން އަނބިމީހާއަށް ކުރިން ކައްކަން ނުއެނގޭ އެއްޗެއް ކައްކަން އެނގުން ފަދަ ކަމެއް ދަސްވިނަމަވެސް އެއީ ކުޑަކުޑަ ކަމަކަށް ނުހަދާށެވެ! އެއީ ވަރަށް ބޮޑަށްބޮޑު ކަމެއްގެ ދެކެންވާނެއެވެ! އިތުރަށް ދަސްކުރަން ޝައުޤުވެރިވާނީވެސް ހިތްވަރު ދިނުމުންނެވެ.

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން