ﷲ ތަޢާލާ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަވަހާރަފުޅު ލައްޕަވައިފިނަމަ ވާނީ ކިހިނެއް؟: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ﷲ ތަޢާލާ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަވަހާރަފުޅު ލައްޕަވައިފިނަމަ ވާނީ ކިހިނެއް؟: ޝައިޚް މުޙައްމަދު ހޮބްލޮސް

މޫސާގެފާނުގެ ޤައުމުގެ މީހުންނަކީ އާދައާ ޚިލާފަށް ޝަކުވާ އާއި ސުވާލުތައް ގިނަ ބައެކެވެ. އެހެންވެ ބައަކު އައިސް ސުވާލުކުރިއެވެ؟ "ﷲ ތަޢާލާ އަވަހާރަފުޅުލައްޕަވާހެއްޔެވެ؟" މިސްތަކުންގެ އުސުވާލާއި ގުޅިގެން މޫށާގެފާނު ﷲ ތަޢާލާ އާއި އެސުވާލުކުރެއްވެވިއެވެ. 

ޖަވާބުގައި ﷲ ތަޢާލާ މޫސާގެފާނަށް އެންގެވީ އެރޭ އެއްގޮތަކަށްވެސް އަވަހާރަފުޅު ނުލެއްޕެވުމަށެވެ. އަދި ދެއަތްޕުޅުން ބިއްލޫރި 2 ފުޅި ހިއްޕަވައިގެން އިންނެވުމަށެވެ. (އެއީ ކުރައްވަން ކިތަންމެ އުނދަގޫފުޅު ކަމަކަށްވާނެ ނަމަވެސް މޫސާގެފާނަކީ ރަސޫލް ބޭކަލަކަސްވުމުން ﷲ ތަޢާލާ އެންގިވިގޮތަށް ޢަމަލުފުޅު ކުރެއްވެވިއެވެ.  

ރޭދަންވަމުން ދިއަވަރަކަށް ނިދިޖެހިވަޑައިގަތެވެ. އަދި ރޭގަނޑުގެ ވަޤުތެއްގައި އަވަހާރަފުޅު ލެއްޕެވިގެން ވެއްޓިވަޑައިގެންނެވިއެވެ. އަތްޕުޅުގައި އޮތް 2 ފުޅިވެސް ވެއްޓިތެޅިއްޖެއެވެ.  

އެވަޤުތު މަލާއިކަތުން މޫސާގެފާނަށް ދެންނެވިއެވެ. "ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ﷲ ތަޢާލާ އަވަހާރަފުޅު ލައްޕަވައިފިނަ 7 އެއިގެ މަންޒިލްތަކުން ނައްޓާލައި ފުނޑުފުނޑުވެގެން ބިންމައްޗަށް ވެއްޓޭނެއެވެ. ވާނީ ކަލޭގެފާނުގެ އަތްޕުޅުގައި އޮތް 2 ފުޅިއަށްވީ ގޮތަށެވެ."  

- ޝައިޚް މުޙައްމަދު ހޮބްލޮސް ގެ ދަރުސަކުން

 

މިއަދު އޮންލައިން