ޢާއިލާގެ ތަނަވަސްކަން އިތުރުކުރަން ބޭނުންނަމަ ޚަރަދުކުރުމުގެ އިޚްތިޔާރާ ބާރު އަނބިމީހާއަށް ދޭންޖެހޭ ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޢާއިލާގެ ތަނަވަސްކަން އިތުރުކުރަން ބޭނުންނަމަ ޚަރަދުކުރުމުގެ އިޚްތިޔާރާ ބާރު އަނބިމީހާއަށް ދޭންޖެހޭ ސަބަބުތައް-

އެންމެންވެސް އުފާވެރި ދިރިއުޅުމަކަށް އެދެއެވެ. އެދޭނެވެސްމެއެވެ. އެހެނަސް ބައެއް މީހުން އެމީހުންގެ ބޭނުންތައް އޭނާއަށްވުރެ މާކުރިއަށް ނެރެއެވެ. މާނައަކީ ތިމާގެ ކިބައިގައި ނެތް ފެންވަރުން ކަންކަން ކުރަން ބޭނުންވެއެވެ. ޖީބުގައި ފައިސާ ނެތްވަރަށް ތަކެތި ބޭނުންވެއެވެ. 

އެފަދަ މީހަކަށް އުފާވެރި ދިރިއުޅުމެއް ލިބުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެން ދީންތަކުގެ މީހުން ﷲ ތަޢާލާގެ މިންވަރުފުޅުގެ ވާހަކަ ނުދައްކައިފާނެއެވެ. ނަމަވެސް މުސްލިމުން އެވާހަކަ ދައްކަންޖެހޭނެއެވެ. މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމުގައި އޮންނަނީ އެހެންވެގެންނެވެ. 

ލިބޭ މިންވަރުން ފުދިގެން އުޅެން މިއަދު ޔުނިވަރސިޓިތަކުގައި ކިޔަވައިވެސްދެއެވެ. ރަނގަޅު އިޤްޠިޞޯދީ މާހިރަކަށް ވެވޭނީ ލިބޭ މިންވަރަށް ފުދިގެން އުޅެވިގެންނެވެ. އެހެންވެ ވަރަށް ގިނައިން ޢިލްމުވެރިން ވިދާޅުވެއެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ އަނބިމިހާއަކީ އިޤްޠިޞޯދީ މާހިރަކަށްވެގެންނެވެ. 

އަނބިމީހާއަށް ނިޞްބަތްކޮށް އެހެން އެވިދާޅުވަނީ ފިރިމީހާގެ ވިސްނުމާއި މަސައްކަތުން ކިތަންމެ ގިނަ ފައިސާ ހޯދިނަމަވެސް ޚަރަދުކުރުމުގައި އަނބިމީހާ ނުބަލާނަމަ ފުދުންތެރިކަންވެސް ތަނަވަސްކަންވެސް އިތުރުނުވާނެތީއެވެ. އަބަދުވެސް ދެކޮޅު ނުޖެހިގެން އުޅެންޖެހޭނެތީއެވެ. 

އެންމެ ތަނަވަސް މީހުންވެސް އަނބިމީހާއަކީ ހަރުދަނާ އަންހެނަކު ނަމަ ލިބޭ އާމްދަނީން ޚަރަދުކުރުމުގެ އިސްމީހަކަށް ނުވަތަ ގޮތް ކަނޑައަޅާ މީހަކަށް އަނބިމީހާ ހަދަނީ އެހެންވެގެންނެވެ. އަދި ކާމިޔާބު ހޯދިފައިވާ މީހުންނަށް ބަލައިފިނަމަ ގިނަވާނީ ގިނަވާނީ ޚަރަދުކުރުމުގެ ކޮންޓްރޯލް އަނބިމީހާއަށް ދީފައިވާ މީހުންނެވެ. 

މިބުނާ ބަހުގެ މާނައަކީ އަނބިމީހާ ކުރާ ކަންކަން ނުވަތަ ޚަރަދުތައް ފިރިމީހާ ނުބެލުމެއް ނޫނެވެ. އެކަން ބަލަންވެސް ޖެހޭނެއެވެ. އަނބިންނަށް ބުނެލަން އޮތީ ޚަރަދުކުރާގޮތް ފިރިމީހާ ބަލާތީ ކަންބޮޑުނުވާށެވެ! އެކަންކުރަން ފިރިމީހާއަށް ޖެހޭނެއެވެ. ފާރަވެރިއަކު ހުރުމަކީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ދަތުރުކުރާއިރު ހުންގާނުގައި މާލިމީ ހުރިނަމަވެސް ފަރަކަސް އަރާތޯ ބަލަން ދިރުނބާކޮޅުގައި ބައަކު ބައިތިއްބަނީ އެހެންވެގެންނެވެ.

 

- އަލަފް  

މިއަދު އޮންލައިން