ޤަލަމް ސޫރަތުން ލިބިދޭ ބައެއް ފިލާވަޅުތައް-

ކިޔުމަށް ހޭދަވާނީ 3މ 23ސ
ޤަލަމް ސޫރަތުން ލިބިދޭ ބައެއް ފިލާވަޅުތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ޤަލަމް ސޫރަތަކީ މައްކީ ސޫރަތެކެވެ. މި ސޫރަތް ވަނީ ކީރިތި ގުރްއާނުގެ 29 ވަނަ ފޮތުގައެވެ. މި ސޫރަތުގައި 52 އާޔަތް ހިމެނެއެވެ. އަދި މި ސޫރަތަކީ ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ފުރަތަމަ ބާވައިލެއްވި ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ. މި ލިޔުމުގައި މި ބަޔާން ކޮށްލަނީ ޤަލަމް ސޫރަތުން ލިބޭ ފައިދާތަކެވެ. 

·       ﷲ ތަޢާލާ އިސްލާމީ އުއްމަތައް ޢިލްމު ޙާޞިލްކުރުމުގެ އަހައްމިއްޔަތުކަން އަންގަވައި ދެއްވާފައިވެއެވެ: ޢިލްމަކީ ޤައުމުތަކުގެ ކުރިއެރުމުގެ ވަސީލަތެކެވެ. އަދި އެ ޢިލްމަކީ ޖާހިލުކަން ނައްތާލުމުގެ އެއް ސަބަބެވެ. 

·       އިސްލާމީ އަޚްލާގާ ބެހޭގޮތުން ވާހަކަތައް ބަޔާންކޮށްދެއްވާފައިވެއެވެ: އެއީ ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް މުސްލިމުންނަށާއި ޤުރައިޝުންނަށް ދައުވަތު ދެއްވިއިރުވެސް ގުރައިޝުންގެ ފަރާތުން ކުރިމަތިވި ދަތިތަކާ އެކުވެސް އެކަލޭގެފާނުގެ ޚުލްޤުފުޅަށް ބަދަލެއް ނުގެންނަވައެވެ. ޤަލަމް ސޫރަތުގެ 4 ވަނަ އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿٤﴾‏ މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ. (4)"  

·       ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހާ އީމާންކަމުގެ ރުކުމްތަކުގައި ޘާބިތުވެގެން ހުންނާނެއެވެ. އިސްލާމްދީނާއި ޖާހިލުކަމުގެ ޝިރުކު އެއްގޮތެއް ނުވާނެއެވެ. ﷲ ތަޢާލާ ޤަލަމް ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ ﴿٩﴾‏

މާނައީ: "ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ. (9)" 

·       ﷲ ތަޢާލާގެ ޙަޟްރަތައް ރުޖޫޢަވެ ތައުބާވުމުގެ މުހިއްމުކަން 

·       މުސްލިމަކަށް މުޞީބާތްތައް ކުރިމަތިވަނީ އޭނާ މަތިވެރިކުރެއްވެވުމަށެވެ. ނުވަތަ އޭނާއަށް އަދަބު ދެއްވެވުމަށްޓަކައި، ނުވަތަ އޭނާ ރަނގަޅު ޙާލަތަކަށް ބަދަލުކުރެއްވެވުމަށްޓަކައެވެ.  

·       މާތްالله އެކަލާނގެ ނަބިއްޔާއަށް ކެތްތެރިވެ ސާބިތުވެ ތިއްބެވުމަށް އެންގެވި- 

·       ޤިޔާމަތް ދުވަހުން މުސްލިމުންގެ ޙާލުވެސް އަދި ކާފަރުންގެ ޙާލުވެސް ސިފަކުރަން އެއްވެސް މީހަކަށް ނޭނގޭނެކަން: މުސްލިމުން ދުނިޔެވީ ޙަޔާތުގައި ގިނަ ގިނައިން އަޅުކަން ކުރުމާއެކު ނުބައި ފާފަތަކުން ދުރުހެލިވުމަށް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ޤަލަމް ސޫރަތުގެ 35 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ ﴿٣٥﴾‏

މާނައީ: ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) مسلم ން (كافر ވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟ (35) 

·       ﷲ ތަޢާލާއަށް އަޅުކަން ކުރުމަށް ހެޔޮކަމުގެ ހުރިހާ ދޮރެއް ހުޅުއްވާ ދެއްވާފައިކަން: ފަހެ، ﷲ ތަޢާލާގެ މަގުގައި ހޭދަކުރާނެ އެއްޗެއް ނުލިބުނު މީހާ، އޭނާގެ ނިޔަތް އިސްލާހު ކުރާށެވެ. ނިޔަތް އިސްލާޙު ކުރުމުން އަޅުންގެ އަމަލުތައް ޞައްޙަވާނެއެވެ.

·       ނުބައި އަޚްލާގުގެ ވާހަކަ

·       ތައުބާގެ ދޮރު ހުޅުވިފައިވާކަން

މިއަދު އޮންލައިން