ޤުރްއާން އަންދާތީ މުސްލިމުން ކުރަންއޮތީ ކޮންކަމެއް؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޤުރްއާން އަންދާތީ މުސްލިމުން ކުރަންއޮތީ ކޮންކަމެއް؟: މުފްތީ މެންކް

ކީރިތި ޤުރްއާނަކީ މުސްލިމުންގެ ދުސްތޫރުއެވެ. ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެފޮތް އަންދާނަމަ މުސްލިމުން ރުޅި ގަދަވާނެއެވެ. ބަލައިލަންވީ ރުޅިގަދަވީމާ ކުރަން އޮތީ ކޮންކަމެއްތޯއެވެ؟ 

މުސްލިމުންނަކީ އެއް އުންމަތެކެވެ. ތަފާތު ޤައުމުތަކުގައި ދިރިއުޅުނު ނަމަވެސްމެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެ ޤައުމެއްގެ ޙާލަތު ބަދަލުކޮށްދެއްވަވަނީ އެޤައުމެއްގެ މީހުން އެދުމުން ކަމަށެވެ. ވީމާ ހުރިހާ މުސްލިމުންވެސް މަސައްކަތްކުރަންވީ ހެޔޮ ބަދަލަކަށެވެ. އެއިރުން އަހުރެމެންގެ ޙާލަތު ބަދަލުކުރައްވަވައި ދެއްވަވާނެތެވެ. 

ދެން ވާހަކައެއް ބުނެލަން ބޭނުންވަނީ އެކަމާއިބެހޭ ގޮތުންނެވެ. އަހުރެމެން ކުރަން އޮތް ކަންކަމަކީ ކީރިތި ޤުރްއާން ހިތުދަސްކުރުން ، ކިޔަވައި ޢަމަލުކުރުން ފަދަ ކަންކަމެވެ. ސުވާލަކީ ކިޔަވަމު ހެއްޔެވެ؟ ޢަމަލުކުރަމު ހެއްޔެވެ؟ ޙާލަތު ބަދަލުކުރަން ކުރަން އޮތް ކަމަކީ އެއީއެވެ. 

އެނގޭ ހެއްޔެވެ؟ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ އެފޮތް ޙިމާޔަތްކުރައްވަވައި ރައްކައުތެރިކުރައްވަވާނެކަމަށް ވަޙީކުރައްވަވައިފައެވެ. ތިބާއަކީ ޤުރްޢާން ހިތުދަސް ޙާފިޡެއްނަމަ ތިބާގެ ހިތުގައި ޤުރްޢާންވާކަމަށްޓަކައި ތިބާއަށްވެސް ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން