ކީރިތި ޤުރްއާން އަންދަނީ އެފޮތުގެ ފުރިހަމަކަމުން މާޔޫސްކަންބޮޑުވެ ގޮތް ހުސްވުމުން- ޤުރްއާނަށް ލިބޭނީ ކުރިއެރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކީރިތި ޤުރްއާން އަންދަނީ އެފޮތުގެ ފުރިހަމަކަމުން މާޔޫސްކަންބޮޑުވެ ގޮތް ހުސްވުމުން- ޤުރްއާނަށް ލިބޭނީ ކުރިއެރުން!: މުފްތީ މެންކް

އެއްވެސް ފޮތެއްގައި މައްސަލައެއް އޮތް ނަމަ އޮތީ އެފޮތް އަންދާލުމެއް ނޫނެވެ. އެކަން މީސްތަކުންގެ ސަމާލުކަމަށް ގެނައުމެވެ. ކީރިތި ޤުރްއާނާއިމެދުގައިވެސް އޮތީ ހަމައެގޮތެވެ. އެފޮތުގައި އެއްވެސް މައްސަލައެއް އޮތް ނަމަ އެކަން މީސްތަކުންގެ ސަމާލުކަމަށް ގެނެސް މީސްތަކުން ދެކޭ ގޮތް ބަލަންވީ ނޫން ހެއްޔެވެ؟ އެއިގެ ބަދަލުގައި އަންދައިލީ ކީއްވެގެން ހެއްޔެވެ؟ ފޮތުގެ ފުރިހަމަކަން ބޮޑުކަމުން މާޔޫސްކަންބޮޑުވެ ގޮތްހުސްވެގެންނެވެ.

ކީރިތި ޤުރްއާނުގެ މުޞްހަފެއް އަނދައިލުމަކުން ކުރާނެ ފައިދާއެއް ނެތެވެ. މިހާރުވެސް ޤައުމަކުން ބުނެފައިވަނީ ރުޅިވެރިކަމުގައި އެގޮތަށް ޤުރްއާން އަންދާނަމަ އަންދާ ކޮންމެ މުޞްހަފަކަށް 100000 (އެއްލައްކަ) މުޞްޙަފް ޗާޕްކުރާނެ ކަމަށެވެ. ބުނަންހެއްޔެވެ؟ 

ޤުރްއާން އެންދިވަރަކަށް ދާނީ އިތުރުކުރިއެރުން ލިބެމުންނެވެ. މިބާވަތުގެ ކޮންމެ ކަމަކާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުން އެތައް ހާސް ބައަކު އިސްލާމްވެއެވެ. އެކަން ވެގެންދަނީ އިސްލާމް ދީނަށް ލިބޭ ބޮޑު ކުރިއެރުމަކަށެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން