ކަންބޮޑުވެގެން ނުވަތަ ކަމަކަށް އެދި ކުރާ 2 ރަކްޢަތް ނަމާދު ކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކަންބޮޑުވެގެން ނުވަތަ ކަމަކަށް އެދި ކުރާ 2 ރަކްޢަތް ނަމާދު ކުރާނެ ގޮތް-

އަބޫ ދާވޫދު ބަޔާންކުރައްވަވާފައިވާ ޙަދީޘްފުޅަކުން ވެސް އެނގެން އޮތީ ކޮންމެކަމަކާއިމެދު ރަސޫލް ﷺ ކަންބޮޑުވެވަޑައިގެންނެވިނަމަވެސް 2 ރަކްޢަތް ނަމާދެއް ކުރައްވަވާކަމެވެ.

"ރަނގަޅަށް ވުޟޫކޮށްގެން މީހަކު ދެ ރަކްޢަތް ނަމާދެއްކުރުމަށްފަހު ކަމަކަށް އެދި ދުޢާކޮށްފިނަމަ އެކަމެއް އަވަހަށް ނަމަވެސް އަދި ފަހުން ނަމަވެސް އެމީހަކަށް ހިންމަވައި ދެއްވަވާނެ" ކަމަށް އިމާމް އަޙްމަދު ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

ތިމާއަށް ކަމެއް ބޮޑުވެގެން ނުވަތަ ތިމާއަށް ކަމެއް ބޭނުންވެގެން ކުރާ ނަމާދަށް "ޞަލާތުލް ޙާޖަތް" ވެސް ކިޔައެވެ. އަދި އެނަމާދުކުރާނެ ގޮތާއިމެދު ބައެއް މީހުން ސުވާލުވެސް ކުރެއެވެ.

ޖަވާބަކީ ވުޟޫނުކޮށްހުރިނަމަ ފުރަތަމަ ވުޟޫކޮށްލާށެވެ. އެއަށްފަހު އަޅުކަމުގެ ގޮތުން 2 ރަކްޢަތް ނަމާދެއްކޮށްލާށެވެ! ﷲ ތަޢާލާއަށް 2 ރަކްޢަތުގެ ސުންނަތް ނަމާދެއްކުރާކަމަށް ނިޔަތްގަތުމުން ފުދޭނެއެވެ. ނަމާދު ނިންމައި އެމީހަކު ބޭނުންވާ ކަމަކަށް އެދި ދުޢާކުރާށެވެ.

"އަދި ކެތްތެރިކަމާއިއެކު ނަމާދުން ތިއަބައިމީހުން ވާގިއެދޭށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ ދަތި އުނދަގޫ ކަމެކެވެ.)" (އަލްބަޤަރާ: 45)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން