އަޅުގަނޑަކީ އެކުވެރިން މަދުމީހެކެވެ. ތިބި މަދު އެކުވެރިންގެ ތެރޭގައިވެސް ވަރަށް ނުރައްކާތެރި މީހަކު އެބަހިމެނެއެވެ. އާދޭސްކޮށްކޮށްވެސް ނަމާދެއް ނުކުރެއެވެ. ދޭތެރެއަކުން ދައްކަން ފަށާ ވާހަކައިން ދޭހަވަނީ ނަމާދު ނުވެސް ކުރާނެ ކަމަށެވެ. ﷲ ތަޢާލާ އާއި ބެހޭ ގޮތުންވެސް ބިރުގަންނަވަރުގެ ވާހަކަ ދައްކައެވެ. އެކަމަކު އެއީ ވަރަށް ހެޔޮ އެކުވެރިއެކެވެ.
އަޅުގަނޑުގެ ސުވާލަކީ އޭނާއާއިއެކުގައި އުޅުމަކީ ބުއްދިވެރި ކަމަކަސްވާނެތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އޭނާގެ ހެޔޮކަމަށްވުރެ ބޮޑަށް އިސްކަންދޭންޖެހޭނީ ދީނަށް ކަމަށެވެ. ނަމާދުކުރަން އިންކާރުކުރާ މީހަކާ ކައިވެނިކޮށްގެންއުޅުންވެސް ހުއްދައެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ތިމާއަށް ލިބިދާނެ ގެއްލުން މާބޮޑުވާނެތީއެވެ.
ކޮންމެއަކަސް ތިރީގައިވާ ލިޔުން ކިޔައިލާށެވެ! މުފްތީ މެންކް ދައްކަވާފައި އެވަނީ ބަލިތަކުން ސަލާމަތްވުމުގައި ޢަމަލުކުރަންޖެހޭނެ ގޮތުގައެވެ. ތިއަ ބުނަނީ އެންމެ ނުރައްކައުތެރި ވަބާގެ ވާހަކައެވެ. މާބާރަށް ދޮރުތައް ލައްޕައި ތަޅުލަންޖެހޭނެ ކަމެއްގެ ވާހަކައެވެ. ތިމާގެ ޢަޤީދާ ސަލާމަތްކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނުއޮންނާނެތީއެވެ. ލިޔުން ކިޔަމުންދާއިރު ބައްޔަކީ ޢަޤީދާ ބަލިކަށިވުން ކަމަށް ވިސްނައިގެން ކިޔާށެވެ. ހެޔޮ ވިސްނުން ދެއްވަވާނެތެވެ. އިން ޝާ ﷲ
ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކަށް ކަންކަން ޙާޞިލުވުންއޮތީ އެމީހަކުކުރި މަސައްކަތަކުން ކަމަށެވެ. ކަންކަން ޙާޞިލުކުރަން އެމީހަކަށް ކުރެވެން އޮތްވަރަކުން ގަދައަޅައި މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ މިންވަރު ކުރައްވަވާނެ ނިޢްމަތްތައް ހަމައެކަކަށްވެސް ނުއެނގޭނެއެވެ.
ބަލިތަކުން ސަލާމަތްވާން ކުރެވެން އޮތް ކޮންމެ މަސައްކަތެއްވެސް ކުރަންޖެހެއެވެ. ބަލިވުމުން ސަލާމަތްވެހުންނަން މަސައްކަތްކުރަންޖެހެއެވެ. ބަލިވުމުން ބޭސްފަރުވާކުރަންޖެހެއެވެ. ބަލިތކުން ޝިފާ ދެއްވަވާނީ ﷲ ތަޢާލާކަމަށް ބުނެ އަތްއުރާލައިގެން ގޭގައި ތިބުމެއްވެސް ނެތެވެ. އެކަންވާނީ ކުރެވޭ މޮޔަކަމަކަށެވެ!
ﷲ ތަޢާލާއަށް ވަކީލްކުރުމަކީ އެއީއެވެ. ރަސޫލް ﷺ އަހަރެމެނެންނަށް އުނގަންނަވައި ދެއްވަވާފައިވަނީ (ޙަދީޘްފުޅުކުރެއްވެވީ) ޖަމަލު އައްސާފައި ﷲ ތަޢާލާއަށް ވަކީލްކުރުމަށެވެ. ﷲ ތަޢާލާއަށް ވަކީލްކުރަން އޮތީ ގޭގެ ދޮރުތައް ލައްޕައި ތަޅުލުމަށްފަހުގައެވެ.
ތިމާއަށް ކަނޑައަޅުއްވަވާފައިވާ ރިޒްޤް ﷲ ތަޢާލާ ދެއްވަވާނެކަމަށް ބަލައި އެކަމަށް މަސައްކަތްނުކޮށް ހުރުމެއްވެސް ނެތެވެ. އަހުރެމެންނަށް އޮތީ ރިޒުޤް ހޯދަން މަސައްކަތްކުރުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން