ފިރިމީހާ މަސައްކަތްނުކޮށްހުރެ، ކިޔަމަންތެރިވާންޖެހޭތީ އަނބިމީހާއަށް ލިބޭ މުސާރަކޮޅު އަތުލުމަކީ އިސްލާމްދީނުގަ އޮތް ގޮތެއް ނޫން!: ޑރ. ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފިރިމީހާ މަސައްކަތްނުކޮށްހުރެ، ކިޔަމަންތެރިވާންޖެހޭތީ އަނބިމީހާއަށް ލިބޭ މުސާރަކޮޅު އަތުލުމަކީ އިސްލާމްދީނުގަ އޮތް ގޮތެއް ނޫން!: ޑރ. ނޫމާން ޢަލީ ޚާން

މިއަދު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު އަނބިމީހާ ވަޒީފާއަދާކުރަން ފޮނުވާފައި އެއްވެސް މަސައްކަތެއް ނުކޮށް އަތްއުރާލައިގެން ތިބޭ ފިރިން މިއަންނަނީ ގިނަވަމުންނެވެ. އަދި އެހާލަތުގައިވެސް އަނބިމީހާއަށް މިއަންގަނީ ފިރިމީހާއަށް ކިޔަމަންތެރިވެ ލިބުނު މުސާރަކޮޅު ޙަވާލުކުރަންޖެހޭނީ ފިރިމީހާއާއި ކަމަށެވެ. 

ބުނަން ހެއްޔެވެ؟ އަނބިންނަށް އޮތީ ފިރިމީހާއަށް ކިޔަމަންތެރިވުމެވެ. ހަމައެއާއިއެކު އަނބިމީހާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކެއްވެސްވެއެވެ. އެޙައްޤުތަކުގެ ވާހަކަވެސް ދައްކަންޖެހޭނެއެވެ. އަދާކުރަންވެސް ޖެހޭނެއެވެ. 

އަހުރެންގެ ސުވާލަކީ މިއީ ކޮން ދީނެއްގައި އޮތްކަމެއް ހެއްޔެވެ؟ ހަމަޤައިމުވެސް އިސްލާމްދީނުގައި އޮތީ މިގޮތެއް ނޫނެވެ! 

އިސްލާމް ދީނުގައި އޮތީ ދިރިއުޅުމަށް ޚަރަދުކުރާނެ ފައިސާ ހޯދުމަކީ ފިރިމީހާގެ ކަމެއް ކަމަށެވެ. އެއީ ފިރިމީހާގެ މައްޗަށް އޮތް އެންމެ ވަރުގަދަ ވާޖިބެކެވެ! އެކަން ބަދަލެއް ނުކުރެވޭނެއެވެ. އެއިގެ ތެރޭގައި އަނބިމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އަނބިމީހާގެ ބޭނުންތައް (އެކަށީގެންވާ ފެންވަރުގަ) ފުއްދައިދިނުންވެސް ހިމެނެއެވެ. ވީމާ ދިރިއުޅޭ ފްލެޓުގެ ކުލިދައްކަންވެސް ފައިސާ އަތެއް ނުލެވޭނެއެވެ. 

ދެން އޮތީ ޢާއިލާއަށް ޚާއްޞަ ޙާލަތެއް ކުރިމަތިވުމެވެ. އެޙާލަތުގައިވެސް ވަޒީފާއަށް ދިއުން އަނބިމީހާގެ މައްޗަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އަނބިމީހާ އަމިއްލައަށް ވަޒީފާއަދާކުރަން ކުރިމަތިލުމަކީ މުޅިން ތަފާތުކަމެކެވެ. އަދި އެޙާލަތުގައިވެސް އަނބިމީހާއަށް ލިބޭ މުސާރައަކީ އަނބިމީހާގެ އަމިއްލަ ޙައްޤެކެވެ. ޢާއިލާއަށް ޚަރަދުކުރުމާއި ނުކުރުމަކީ އޭނާގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެކެވެ.   

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން