ދުޢާ ޢިޖާބަ ކުރެއްވުން އަވަސްވުމަށް އެދޭ މީހާ ދުޢާކުރަން އޮތް މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދުޢާ ޢިޖާބަ ކުރެއްވުން އަވަސްވުމަށް އެދޭ މީހާ ދުޢާކުރަން އޮތް މަގު-: މުފްތީ މެންކް

ދުޢާކުރަން އެންމެ ރަނގަޅު ގޮތަކާއިބެހޭ ގޮތުން ގިނަ ބައަކު އަބަދުވެސް ސުވާލުކުރަމުން ގެންދާތީ ބުނަމެވެ. ދުޢާކުރާއިރު:

(1) ﷲ ތަޢާލާ މަތިވެރިކުރާށެވެ! ޙަމްދުޘަނާ ކިޔާށެވެ!

(2) ތިމާގެ ފާފަ ފުއްސަވައިދެއްވެވުން އެދި ދަނަނަވާށެވެ!

(3) ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްކިޔަވައި އާލުވެރިބޭކަލުންނަށާއި އަހުލުބައިތުންނަށް ހެޔޮދުޢާކުރާށެވެ!

(4) ތިމާ އެދޭ ކަންތަކުގެ ވާހަކަ އެމީހަކަށް އެނގޭ އެންމެ ރިވެތި ޢިބާރާތަކުން ދަންނަވާށެވެ! ކޮންމެ ބަހަކުން ދެންނެވުމަކީވެސް މައްސަލައެއް ނޫނެވެ!

(5) ދުޢާކުރުން ތަކުރާރުކުރުންމަތީގައި ދެމިހުންނާށެވެ. ކޮންމެފަހަރަކުވެސް ތިމާއަށް އެކަމަކަށް ބޭނުންވެފައިވާ މިނަވަރުގެ ބޮޑުކަން ބަޔާންކުރާށެވެ!

(6) ދުޢާކުރުމުގެ ތެރޭގައި ލޮލުން ކަރުނަތިއްކެއް ނަމަވެސް ވައްޓާލަން މަސައްކަތްކުރާށެވެ! އެއިރުން ދުޢާގެ ދަރަޖަ އެތައް ގުނައަކަށް އުފުލިގެންދާނެއެވެ. މީހަކު ދެރަވެ ކަރުނައަޅައި ﷲ ތަޢާލާއަށް ކުރި ދުޢާއެއް ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އިން ޝާ ﷲ

(7) ދުޢާ ނިންމައިލާއިރުވެސް ﷲ ތަޢާލާ މަތިވރިކޮށް ޙަމްދުޘަނާ ކިޔާށެވެ! އަދި ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްކިޔަވާށެވެ! 

ތިބާގެ ދުޢާއަކީ ތިބާއަށް ޙަޤީޤީ ފައިދާކުރާނެ، ރަނގަޅު ކަމަކަށް އެދިގެން ކުރާ ދުޢާއެއްނަމަ ޢިޖާބަ ކުރެއްވެވުން އަވަސްކުރެއްވެވުން ގާތްވެގެންވެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން