ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ނުވަތަ މީހަކު ބަލަން ޖެހިއްޖެނަމަ ގިނަ ބައަކު ފޫހިވެއެވެ. އެކަން ދެކެނީ ބޮޑު ތަކްލީފެއްގެ ގޮތުގައެވެ. ހެޔޮ ވިސްނޭ މައިންބަފައިންނަށް އެފަދަ ދަރިއަކު ދެއްވަވައިފިނަމަ ވީހާރަނގަޅަކަށް ކަންކަން ކުރެއެވެ. ހިތާމައަކީ ވަރަށް ދެރަކޮށް ކަންކަން ކުރެވޭ މައިންބަފައިންވެސް އަދި އެހެން މީހުންވެސް ތިބޭކަމެވެ.
ދާދިފަހުން ފެނުނު ވަރަށް ހިތާމަވެރި ހާދިސާއަކާއި ގުޅިގެން ބުނެލަން ބޭނުންވަނީ ކުދިކުދި އުނިކަން ހުންނަ ކުއްޖަކު ބަލަން ޖެހުމުން އެހައި ބޮޑަށް ކަންބޮޑުވާއިއިރު މި ރަޙްމާ ފަދަ ކުދިން، ބަލަން ކުރަންޖެހޭނެ ބުރަ މަސައްކަތާއިމެދު ވިސްނައިލާނެ ނަމައެވެ.
ޚަބަރުގައިވާ ފޮޓޯގައި އެވަނީ ނައިޖީރިއާއަށް ނިޞްބަތްވާ ރަޙްމާއެވެ. ރަޙްމާގެ ޢުމުރަކީ މިހާރު 24 އަހަރެވެ. އުނގަނޑުން ތިރި ނުއުފެދެއެވެ. އަތް އެހައިމެ ކުޑައެވެ. އޭނާގެ ބޭބެ އޭނާ ތަންތަނަށް ގެންދަނީ ޕްލާސްޓިކްތަށްޓެއްގައެވެ.
އެއީ އުނގަނޑުންމަތި ފުރިހަމަ އަންހެނަކަށްވުމުން އުރައިގެން ގެންގުޅުމުން ދެބެއިންނަށްވެސް އިޙްޞާޞްތައް ކުރެވޭތީއެވެ!
އަހަރެމެންނަށް ފުރިހަމަ ހަށިގަނޑެއް ދެއްވެވުމުން އެއިގެ ބޭނުންކުރެވޭގޮތާއިމެދު ވިސްނާލައި ﷲ ތައާލާއަށްބިރުވެތިވުން ކީއްހެއްޔެވެ؟