އިންސާނާއަށް ދުނިޔެއަށް އުފަންވުމުގެ ނަސީބުލިބޭ ގޮތާއިމެދު ސައިންސްވެރިންގެ ބަސް- ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އިންސާނާއަށް ދުނިޔެއަށް އުފަންވުމުގެ ނަސީބުލިބޭ ގޮތާއިމެދު ސައިންސްވެރިންގެ ބަސް- ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!

އަހުރެމެންނަށް ދުނިޔެއަށް އުފަންވެވުމުން އެއީ ﷲ ތަޢާލާ ތިމާއަށް ދެއްވެވި ކިހައި ބޮޑު ނިޢުމަތެއް ކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ދުނިޔެއަށް އައުދެވޭ ގޮތާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ދުނިޔެއަށް އުފަންވުމުގެ ނަޞީބުލިބޭ ގޮތާއިމެދު ސައިންސްވެރިންގެ ބަހަށް ވިސްނައިލަމާހެއްޔެވެ؟

ސައިންސްވެރިން ބުނަނީ ޞިއްހަތު ރަނގަޅު ފިރިހެނެއްގެ ގުނަވަނުން ބޭރުވާ މަނީގައި 400 ސްޕާމް (ފަނި) ހިމެނޭކަމަށެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީ އެ 400 މިލިއަން ފަނީގެ ތެރެއިން ފަންޏެކެވެ. ދުނިޔެއަށް އައުމުގެ ނަޞީބު ލިބުނު ފަންޏެވެ.

ވިސްނައިލަންވީ މައިމީހާގެ ބަނޑުގައި އަށަގަތްގޮތާއިމެދުގައެވެ. ތިމާގެ ހުރި ނިކަމެތިކަމާއިމެދުގައެވެ. އެއްވެސް ބާރެއް ނެތްކަމާއިމެދުގައެވެ. ލޮލަށް ނުވެސް ފެންނަ ކުޑަކުޑަ ފަންޏަކުން އުފެދުނުއިރު އަތެއްފައެއް ލޮލެއް ބޮލެއް ކަންފަތެއް އެއްވެސް ގުނަވަނެއް ނެތްކަމެވެ.

މިއަދު ފުރިހަމަ އިންސާނެއްގެ ގޮތުގައި ދުނިޔޭގައި އުޅެމުންގެންދާއިރު މިބަޔާންކުރި ކަންކަމަށް ވިސްނައިނުލާނަމަ އެމީހާއަށް ﷲ ތަޢާލާ ދެއްވެވި ސިކުނޑީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ވިސްނުމުގެބާރު ދެއްވެވި ސަބަބާއިމެދު ވިސްނައިލި ނަމަވެސް މިބަޔާންކުރި ކަންކަން އެނގިގެންދާނެއެވެ.

ﷲ ތަޢާލާ ތިބާ އުފައްދަވައި ހުރިހާ ނިޢްމަތްތައް މިންވަރުކުރެއްވެވުމުން ޝުކުރުވެރިނުވެވޭނަމަ ތިބާގެ ކިބައިގައި އެންމެ ކުޑަމިނުން އިންސާނިއްޔަތުކަންވެސް ނެތީ ނޫންހެއްޔެވެ؟ އިންސާނާގެ ކިބައިގައި އިންސާނިއްޔަތުކަން ހުރުމަކީ ފުރަތަމަކަމެއްގެ ގޮތުންވެސް ތިމާއަށް އިންސާނެއްގެ ދަރަޖަ ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވެ ކިޔަމަންތެރިވުން ނޫންހެއްޔެވެ؟

ތިމާ އުފެދުނުގޮތާއިމެދު މިބުނިމަގުން ވިސްނައިލުމުން ތިމާގެ ނިކަމެތިކަން އިޙްޞާޞްކުރެވޭނެއެވެ. މަރުވާނެކަމާއި މަރުވުމުން ތިމާގެ އެއްވެސް އަމިއްލަބާރެއް ތިމާގެ އެއްވެސް ކަމަކަށް ނުއޮންނާނެކަމާއިމެދު ވިސްނައިލުމުން ދުނިޔޭގައި ހުރެވޭއިރު ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާކުރަންޖެހޭ މިންވަރު ވަޒަންކުރެވޭނެއެވެ. އެކަންކަން ވަޒަން ނުކުރެވި ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވެވި ދުނިޔެވެސް އާޚިރަތްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން