އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ވިސްނިފައި އޮންނަނީ ޙަރާމް ވަނީ ވަކިޒާތެއްގެ ވަކިނަމެއް ކިޔާ ފިލްމުބެލުންކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުން ނޫންކަން ބަޔާންކުރައްވައި ޝައިޚް ޢާޞިމް އަލްޙަކީމް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"ފިލްމްބަލާއިރު ފެންނަ މުސްލިމުން ބެލުން ހުއްދަ ނޫން ކޮންމެ މަންޒަރަކަށްވެސް އެމީހަކު ފާފަވެރިވާނެއެވެ!"
އެނގިގެން މިދަނީ ކޮންމެ ފިލްމަކުން ނަމަވެސް ފެންނަ މުސްލިމުން ބެލުން ހުއްދަ ނޫން ކޮންމެ މަންޒަރެއް ބެލުމުންވެސް ދާނީ ފާފަވެރިވަމުންކަމެވެ. ވީމާ ޝައިޚްގެ މިބަސްފުޅަކީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ބަސްފުޅެކެވެ.
ފިލްމް ބެލުން މުސްލިމުންނަށް ހުއްދައެވެ. ނަމަވެސް ފިލްމުގައި ފެންނަ މުސްލިމުން ބެލުން ހުއްދަ ނޫން މަންޒަރުތައް ބެލުން ހުއްދައެއް ނޫނެވެ. އެއީ ކުރެވޭ ފާފައެކެވެ.
ހިންދީ ނުވަތަ އިނގިރޭސި ފިލްމެއް ، ސީރީޒެއް ނުވަތަ ލަވައެއް ބަލައި ނިމޭއިރު މުސްލިމުން ބެލުން ހުއްދަ ނޫން ކިތައް މަންޒަރު ފެންނަކަމާއި އެހެންކަމުން ފިލްމެއް ބަލައިނިމޭއިރު ކިތައް ފާފަ ކުރެވޭނެކަން ހިތްމައްޗަށް ގެންނާށެވެ! ޤިޔާމަތް ދުވަހު އެފާފަތައް "ކޫލެއް" ނުވާނެއެވެ