ތިމާގެ ދަރިފުޅުގެ ކިބައިގަ ނުކުޅެދުންތެރިކަމެއް ނެތްނަމަ ޝުކުރުވެރިވުމުގެ ގޮތުން ނުކުޅެދުންތެރިކަންހުރި ކުދިންނަށް އެހީތެރިވެދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިމާގެ ދަރިފުޅުގެ ކިބައިގަ ނުކުޅެދުންތެރިކަމެއް ނެތްނަމަ ޝުކުރުވެރިވުމުގެ ގޮތުން ނުކުޅެދުންތެރިކަންހުރި ކުދިންނަށް އެހީތެރިވެދެއްވާ!

ނުކޫލެދުންތެރިކަން ހުރި ކުދިންގެ ގޮތުގައި ކުދިން ދުނިޔެއަށް ކުދިން އުފަންކުރައްވަވަނީވެސް އަދި އުފަންވުމަށްފަހު ނުކުޅެދުންތެރި ޙާލަތު މިންވަރުކުރައްވަވަނީވެސް އަދި އެއްވެސް ނުކުޅެދުންތެރިކަމެއް ނެތި ކުދިން އުފަންކުރައްވަވަނީވެސް ﷲ ތަޢާލާއެވެ. 

ތިބާއަށް ދެއްވެވި އެންމެ ދަރިފުޅު ނަމަވެސް އަދި ގިނަ ދރިން ނަމަވެސް ނުކުޅެދުންތެރިކަމެއް ނެތި ފުރިހަމަ ޞިއްޙަތުގައި ލެއްވެވިނަމަ ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމުގެ ގޮތުން ކުރެވިދާނެ އެއް ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމެވެ. އެފަދަ ކުއްޖަކު ފެނިއްޖެނަމަ ހިނިތުންވެލައި އަޅައިލުމެވެ. ލޯބިވުމެވެ. 

އަހުރެމެންނަކީ މިބުނި ފަދައިން ވިސްނައި ޢަމަލުކުރާ ބައަކަށްވެއްޖެނަމަ އެފަދަ ކުދިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބި އެކުދިން ތިބޭނީ އުފަލުގައެވެ. އިން ޝާ ﷲ 

ތިރީގައިވާ ލިޔުން ވިދާޅުވެ ވީޑިއޯވެސް ބައްލަވައިލައްވާށެވެ!  

ނުކުޅެދުންތެރިކަންބޮޑު މިކުޑަކުއްޖާގެ ވީޑިއޯއިން އަސަރެއް ނުކުރި މީހަކަށް ގާތީ އަސަރުކުރާނެ ވީޑިއޯއެއް ނުފެނުން! 

ލިޔުމުގައިވާ  ވީޑިއޯ ބައްލަވައިލައްވާށެވެ! އެ ތުއްތު ކުއްޖާއަކީ ވެސް ހަމަ ﷲ ތަޢާލާ މިދުނިޔެއަށް ފޮނުއްވަވާފައިވާ ކުއްޖެކެވެ. މިފަދަ އެތައް މިލިއަން ކުދިން ދުނިޔޭގައި އެބަ ދިރިއުޅެއެވެ. 

އަޅުގަނޑުމެންނަށް ދެއްވެވި ދަރިފުޅަކީ މިފަދަ އުނިކަމެއް ނެތް ކުޅެދޭ ކުއްޖަކުކަމުގައިވުމުން އަޅުގަނޑުމެންނަށް އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ ދަރިފުޅަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ކުއްޖެގެ ގޮތުގައި ގެންގުޅެ ބޮޑުކުރުމެވެ. ﷲ ތަޢާލާގެ މަގުގައި ތަރުބިއްޔަތުކުރުމެވެ.   

އެކަންކުރެވެނީ އަޅުގަނޑުމެންގެތެރެއިން ކިތައް މައިންބަފައިންނަށް ހެއްޔެވެ؟ ކިތައް ބެލެނިވެރިންނަށް ހެއްޔެވެ؟ 

ގުޅުންހުރި ވީޑިއޯ:

 

 

މިއަދު އޮންލައިން