އެކުވެރިންނަށް ނަޞޭޙަތްދޭއިރު ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެކުވެރިންނަށް ނަޞޭޙަތްދޭއިރު ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އެކުވެރިއަކަށް ކުރެވޭ ނުބައި ކަމަކާއި ގުޅިގެން އޭނާއަށް ނަޞޭޙަތްދޭނަމަ ފުރަތަމަ އޭނާއަށް ކުރެވޭ ކުށުގެ ވާހަކަ ނުދައްކާށެވެ. ފުރުތަމަ ކަމަކަށް ތިމާއަށްވެސް ފާފަތައް ކުރެވޭކަމާއި އެކަންކަމުން އަރައިގަންނަން ކުރާ މަސައްކަތްކިޔައިދޭށެވެ. އަދި ހޯދިފައިވާ ކާމިޔާބީވެސް ކިޔައިދޭށެވެ. 

ސަބަބަކީ ފުރަތަމަވެސް މީހަކު ކުށްވެރިކޮށްފިނަމަ ގިނަ ފަހަރަށް އެމީހަކު ހިތްހަމަނުޖެހޭނެތީއެވެ. ކަންކަން ވިސްނައި ޤަބޫލުކުރެވޭނީ އަނެކާއަށްވެސް ހިތްހަމަޖެހުން ދިނުމުންނެވެ. ވީމާ އޭނާއަށް ކުރެވޭ ކުށުން އަރައިގަނެވޭނެ ކަމުގެ އުންމީދު އޭނާއަށް ދޭންވާނެއެވެ. 

ހަމައެއާއިއެކު އެކުވެރިއަކަށް ކުރެވޭ ކުށުގެ ވާހަކަ އޭނާ ނެތްތަންތަނުގައި ދައްކައިގެން ނުވާނެއެވެ. ޢިބްރަތަކަށްޓަކައި އެފަދަ ވާހަކައެއް ދެއްކި ނަމަވެސް މީހާގެ ނަން ނުބުނާށެވެ. އެހެނީ މީސްތަކުންގެ މެދުގައި ފަޟީޙަތްވުމަކަށް އެކަކުވެސް ނޭދޭނެއެވެ. 

ޙަޤީޤީ އެކުވެރިންނަކީ އޭނާއަށް ތެދުމަގު ބަޔާންކޮށްދޭ، އިޞްލާޙްކުރަން މަސައްކަތްކުރާ، އޭނާ ނެތްތަންތަނުގައި އޭނާ ދިފާޢުކޮށްދޭ، އަދި މަރުވުމުން ހެޔޮދުޢާކޮށްދޭ މީހާއެވެ. ވީމާ އެކުވެރިން އިޞްލާޙްކުރަން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކުވެރިންގެ ގައިގައި ހުންނަން ޖެހޭނެ އެންމެ މުހިންމު ސިފައެވެ. 

ހަމައެއާއިއެކު 3 މީހަކު ތިބި ތަނެއްގައި އެކަކަށް ސިއްރުވާ ގޮތަށް ވާހަކަދައްކައިގެން ނުވާނެއެވެ. އެއީ އޭނާގެ ހިތުގައި ނުބައް ޝައްކުތަކެއް އުފެދިދާނެތީއެވެ. ދެމީހަކު ސިއްރުން ވާހަކަދައްކަން ޖެހޭ ކަމެއް ނަމަ ދެމީހުން އެކަނިވުމުން އެވާހަކައެއް ދައްކާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން