ކޮންމެ ދެ މީހަކުވެސް ކައިވެނިކުރާނީ ޢުމުރަށް ވަރަށް ލޯބިން އެކުގައި އުޅުމުގެ ފޮނި އުންމީދުތަކާއިއެކުގައެވެ. އެކަން ކާމިޔާބުކުރެވެނީ އެކަމަށް މަސައްކަތް ކުރެވިގެންނެވެ. ކަންތައްތަކަކަށް އިޙްތިރާމްވެސްކޮށްގެންނެވެ. ޢަމަލީ ގޮތުން ތަންފީޒުވެސް ކޮށްގެންނެވެ.
އެގޮތުން ފާހަގަކޮށް މިލަނީ ޢުމުރަށް އުފަލުގައި ކައިވެނި ދަމަހައްޓަން ބޭނުންނަމަ ޢަމަލުކުރުން މުހިންމު 10 ކަމެއްކަމަށް ތަޖުރިބާކާރު ބޭފުޅުން ފާހަގަކުރައްވާ 10 ކަމެކެވެ.
- އެކަކު އަނެކަކަށް ތެދުވެރި ވަފާތެރިން ކަމުގައިވާށެވެ!
- އެކަކު އަނެކަކަކަށް އިޙްތިރާމްކުރާށެވެ!
- ރުޅިއައިސްގެންހުރެ ގެއިން ނުނުކުންނާށެވެ!
- ކޮންމެ ދުވަހަކުވެސް އަނެކާ އުފާވާނެ ބަހެއް ބުނާށެވެ!
- އަމުރުކުރުމުގެ ބަދަލުގައި ކަންކަމަށް އެދޭށެވެ!
- ނުކުރެވި ހުންނަ ކަންކަން ފާހަގަކުރުމުގެ ބަދަލުގައި އެކަކު އަނެކަކަށް އެހީތެރިވާށެވެ!
- ކިތަންމެ ބޮޑު ކަމެއް ޖެހުނަސް ކުޑަކުޑަ ދޮގެއްވެސް ނުބުނާށެވެ!
- ނިދާގަޑީގަ އިންތިޒާރުކުރުވަން ނުޖައްސާށެވެ!
- ތާވަކެއް ހަދައިގެންނަމަވެސް ދެމީހުން އެކުގަ ބޭރުގަ ވަޤުކޮޅެއް ހޭދަކުރާށެވެ!
- އިޞްލާޙްކުރަންޖެހޭ ކަމެއް އޮތްނަމަ ނުބުނެ ނުހުންނާށެވެ!
މި 10 ކަންތަކުގައި ދެމިތިބެއްޖެނަމަ ރުޅިމޫނު ދައްކާކަށް ނުޖެހޭނެއެވެ. ޒަވާޖީ ޙަޔާތް އުފަލުގައި ދެމިގެންދާނެއެވެ. އިން ޝާ ﷲ
އަޅުގަނޑު އެދެނީ އިތުރު ކަމެއް ފާހަގަކުރެއްވޭނަމަ އެކަމެއް އަންގަވާލަދެއްވުމެވެ.
- އަލަފް