ދާދިފަހުން ކުރިމަތިވި ކޮރޯނާ އާއި ގުޅިގެން މިސްކިތްތަކުގެ ޤުނޫތުގައާއި ޢާންމުކޮށް ކުރި ބައެއް ދުޢާތަކަކީ ހަނދާން ނައްތާލައިގެންވާނެ ދުޢާތަކެއް ނޫނެވެ. އަހުރެމެންގެ ތެރޭގައި ބޮޑެތި ބަލިތައް އެންމެ ބާރުމިނުގައި އަބަދު ނުފެތުރުނަސް ބޮޑެތި ބަލިތައް ޖެހުން ނިމިގެނެއް ނުދެއެވެ. ނުރައްކާ އެހައި ބޮޑުކަމަށް ޤަބޫލުނުކުރެވުނަސް މާދަމާވެސް ބޮޑު ބައްޔެއް ޖެހިއްޖެނަމަ އެމީހަކަށް އެއޮތީ ނުރައްކާވެފައެވެ.
ކޮންމެ ކަމެއްގައިވެސް މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާއެވެ. މުސްލިމުންނަށް އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ދުޢާކުރުމެވެ. ތިމާމެންގެ ނިކަމެތިކަން ބަޔާންކޮށް މާތް ﷲ ގެ ޙަޟްރަތުން ވާގިއެދުމެވެ.
أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ
حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا حَمَّادٌ، أَخْبَرَنَا قَتَادَةُ، عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ " اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ "
Narrated Anas ibn Malik:
The Prophet (ﷺ) used to say: "O Allah, I seek refuge in Thee from leprosy, madness, elephantiasis, and evil diseases."
|
Grade: |
Sahih (Al-Albani) |
صحيح (الألباني) |
حكم : |
|
Reference |
: Sunan Abi Dawud 1554 |
ފަރުޟުނަމާދުތަކަށް ރައްކައުތެރިވެލައްވާށެވެ! ސުންނަތް ނަމާދުތައް ކުރެއްވުން ގިނަކުރައްވާށެވެ! ދަމުނަމާދަށް ސަމާލުކަންދެއްވާށެވެ! ބޭނުންކުރެވެނީ ޙަލާލް ރިޒްޤްކަން ކަށަވަރުކުރައްވާށެވެ! ޢަމަލުތައް ބެހެއްޓެވެނީ މާތް އަންގަވާފައިވާ އިންތަކުގެތެރެއިންކަން ކަށަވަރުކުރައްވާށެވެ! ދުޢާ ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ