ދާދިފަހުން ނިޔާވި ޢުމުރުން 13 އަހަރުގެ ކުއްޖެކެވެ. ނިޔާވީ ހަމަ ކުއްލި ގޮތަކަށެވެ. މެންދުރު ކައިގެން ގޮސް އާދައިގެމަތިން ގޭމްކުޅެން އިންދައި ކަމަށެވެ. އޭނާގެ މައިންބަފައިން ބުނަނީ އެއީ ބަސްއަހާ ކުއްޖެއްކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެކަނިހުރުން ގިނަވެފައިވާ ކަމަށެވެ. "އެކަމަކު މަރުވި ވަގުތު ކުޑަ ކަމެއް ފާހަގަކުރެވުނު. އެއީ ގައަށް ބާރެއް އެރި! ތުރުތުރުއެޅި! ދެދަތްޕިލަ ޖެހި އަޑުކިޔާވަރަށް ކޭއްތުނު! އެކަމަކު އެއީ ވަރަށް ކުޑަކުޑަ ވަޤުތުކޮޅަކަށް ހިނގިކަމެއް!"
މިއީ ކުރިންސުރެ މިއަދުނޫހުން ފާހަގަކުރަމުން އަންނަ ކަމެކެވެ. އިސްވެ ދިއަ މައުލޫމާތު ލިބުމުން ބެލެނިވެރިންނާއި ކުދިންގެ ސަމާލުކަމަށްޓަކައި ބުނަމެވެ. މިފަދަ ކަންމުގައި ޢިބްރަތެއްވާނެއެވެ. ދަސްކުރަންޖެހޭ ފިލާވަޅުތަކެއްވެސް ވާނެއެވެ.
ނިޔާވި ކުއްޖާ ނިޔާވީއެވެ. ސަބަބު ދެނެވޮޑިގެންވާނީ ހަމައެކަނި މާތް ﷲ އެވެ. ސަބަބު ވަކީލުކޮށްލުމަށްފަހު އޮތީ ކަންކަމަށް ވިސްނައި ހޭލުންތެރިވުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މީސްތަކުންގެ ސަމާލުކަން ހޯދަން ގޭމްތައް އުފައްދަމުން ގޮސް ޖިންނިންނާއި ނުވަތަ ރޫޙާނީ ބާރުތަކާއި ކުރިމަތިލައި ތަޅާފޮޅާ ގޭމްތައްވެސް ވަނީ އުފައްދައިފައެވެ. އެކަމުން ކުރިމަތިވެދާނެ ބިރުހުރި ކަންކަމަށް ވިސްނައިލުމެއް ނެތި މިފަދަ ގޭމްތައް އެބަކުޅެއެވެ.
މިއީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އަހަރެމެންކުރާ ކަންކަން ދެކެން އަހަރެމެންނާއިއެކު ތިބުމުގެ ބާރާއި އަހަރެމެންނަށް ގޯނާކުރުމުގެ ބާރުވެސް ﷲ ތަޢާލާ ވަނީ ޖިންނިންނަށް ދެއްވަވައިފައެވެ. ޖިންނިންވާކަމާއި ޖިންނިންނަށް ބާރުތަކެއް ދެއްވަވާފައިވާކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ ޖިންނިންނަކީ ވުޖޫދުގައިވާ ބައެއް ނޫންކަމަށް ޤަބޫލުކުރުމުގެ އެއްވެސް ޙައްޤެއް އަހަރެމެން އެކަކަށްވެސް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. ވީމާ އެގޮތަށް ޤަބޫލުކުރުމަކީ ކުރެވޭ މޮޔަކަމެކެވެ.
ކުރިން މިބަޔާންކުރި ފަދަ ގޭމްތައް ކުޅެ، އެތަކެއްޗަށް ޙަމަލާދީ ބަލިކުރާތަން ފެނުމަކީ އެއްޗެތީގެ ރުޅިގަދަވާކަމެކެވެ. އެކަންކުރާ މީހުންގެ ގައަސް އަރައިގަންނަން ޝައުޤުވެރިވާ ކަމެކެވެ. ވީމާ ކިތަންމެ ކުޑަ ފުރުޞަތެއް ލިބުނުނަމަވެސް އެފަދަ މީހުންގެ ގައަށް އެބައަރައިގަނެއެވެ. ޙަމަލާދެއެވެ. ގެއްލުންދެއެވެ.
އެހިސާބުން ދެން ޖެހެނީ ރުޤްޔާކުރާ މީހުންގެ އެހީތެރިކަން ހޯދާށެވެ! އެއިރު މީހާއަށް އޮންނަނީ ބޮޑެތި ގެއްލުންތައް ދީފައެވެ. Ouija boards ފަދަ ޕޯޓަލްތައް ބޭނުންނުކުރާށެވެ! އެއީ ކުޅިވަރެއް ކަމަށް ނުދެކޭށެވެ! އެހުންނަނީ މާނުރައްކައުތެރި ކަންކަމެވެ.
--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން