ދަރަނި: ކައްވަޅުގަ ހޫނުކަންލިބޭ- ސުވަރުގެ ވަނުމަށް ހުރަސްއެޅޭ! އަދާކުރެވޭތޯ ކުރަން އޮތް ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދަރަނި: ކައްވަޅުގަ ހޫނުކަންލިބޭ- ސުވަރުގެ ވަނުމަށް ހުރަސްއެޅޭ! އަދާކުރެވޭތޯ ކުރަން އޮތް ދުޢާއެއް-

ދަރިންޏަކީ ކުޑަކަމެއް ކަމަށް ނުދެކޭށެވެ! އެއީ ކައްވަޅުގައި ހޫނުކަން ލިބޭ ކަމެއްކަން، ކުޑަކުޑަ ދަރަންޏެއް އޮތް ޞަޙާބީއެއްގެ ދަރަނި އޭނާ އަވަހާރަވެ ވަޅުލެވުނުފަހުން އެހެން ޞަޙާބީއަކު އަދާކުރެއްވުމުން "މިހާރު އޭނާގެ ހަށިގަނޑަށް ފިނިކަން ލިބިއްޖެ" ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން އެނގިގެންދެއެވެ. 

ތިބާ އެކުވެރިއަކު އަތުން ދަރަންޏެއް ނެގީއެވެ. އަދާނުކުރެވިވަނިކޮށް ތިބާ ނިޔާވީއެވެ. ޢޭނާގެ ހަނދާނުގައި އެކަމެއް ނެތުމުން ނަމަވެސް އޮތީ މާފުނުކުރެވިއެވެ. ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

ދެން އޮތީ ޤިޔާމަތް ދުވަހެވެ. އެދުވަހަކީ ކޮންމެ މީހަކުވެސް މަދުވެގެން އުޅޭނެ ދުވަހެވެ. ދަރިން ދެކެ ލޯބިވެ ދުނިޔޭގައި ޤުރްބާންވީ މަންމަ، އޭނާ ލޯބިވި ދަރިފުޅަށްވެސް މާފުނުކުރާނެ ދުވަހެވެ. ވީއިރު ހަމަ އެކަކުވެސް އަނެކާއަށް މާފެއް ނުކުރާނެއެވެ. ބޭނުންވާނީ ވީހައިގިނަ ޘަވާބު ހޯދައިގެން ނަރަކައިން ސަލާމަތްވުމަށެވެ. ސުވަރުގެ ލިބުމުން ބޭނުންވާނީ ސުވަރުގޭގެ މަތީ ދަރަޖަތަކެވެ. 

ކޮންމެއަކަސް ތިބާއަކީ ދަރަނިވެރިއަކު ކަމުގައިވެ އަދި ތިބާއަށް ދަރަނި އަދާކުރެވެން ނެތިއްޖެނަމަ މިފަދައިން (މިދުޢާ) ޛިކުރުކުރާށެވެ! ކޮންމެ ނަމާދަކަށްފަހުގައިވެސް ޛިކުރުކުރާށެވެ! ޚާއްޞަކޮށް ރޭއަޅުކަންކުރުމަށްފަހު ޛިކުރުކުރާށެވެ. 

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكِ عَمَّنْ سِوَاكَ

"ޔާ ﷲ! އިބަ ﷲ ހަލާލުކުރެއްވި ތަކެތީގެ ޒަރިއްޔާއިން އިބަ ﷲ ހަރާމްކުރެއްވި ތަކެތިން (މި އަޅާ ދުރުކުރައްވައި) މި އަޅާ ފުދުންތެރިކުރައްވާނދޭވެ! އަދި އިބަ ﷲ ގެ ފަޟުލުވަންތަކަމުގެ ޒަރިއްޔާއިން އިބަ ﷲ ފިޔަވައި އެހެންފަރާތްތަކުން (އެދުމުން) މި އަޅާއަށް ފުދުންތެރިކަން ދެއްވާނދޭވެ!" 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން