ޒަވާޖީ ޙަޔާތުގަވެސް، ވިޔަފާރީގަވެސް ގެއްލުމެއް ލިބިއްޖެނަމަ އަރައިގަންނަން ވިސްނަން އޮތް މަގު: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޒަވާޖީ ޙަޔާތުގަވެސް، ވިޔަފާރީގަވެސް ގެއްލުމެއް ލިބިއްޖެނަމަ އަރައިގަންނަން ވިސްނަން އޮތް މަގު: މުފްތީ މެންކް

ތިބާގެ ދިރިއުޅުމުގައި ލިބުނު ގެއްލުންތަކުން އަރައިގަންނަން ބޭނުންވާނަމަވެސް އަދި ވިޔަފާރިން ބޮޑު ގެއްލުމެއް ލިބިއްޖެނަމަ އެކަމުން އަރައިގަންނަން ބޭނުންވާނަމަވެސް އެއްވެސް އެހެން މީހަކާއި އަޅުވައި ނުކިޔާށެވެ. 

އޭނާގެ ހުރިހާ މުދަލެއް އަނދައި ދިއުމުންވެސް ކެތްތެރިވެލައި، ﷲ ތަޢާލާއަށް ޝުކުރުކޮށްގެން ހުންނަ ޙާލުގައި މިސްކިތަށް އަރައި ނަމާދުކުރާ މީހާއަށް ބަލާށެވެ. އެފަދަ މީހަކަށްވާން މަސައްކަތްކުރާށެވެ! 

ތިބާގެ ކާރުގެ ފުރޮޅުގެ ޓަޔަރު ގޮވުމުން ރުޅި ގަދަވެ އެއީ ދުނިޔެއަށްވުރެ ބޮޑުކަމަކަށް ހަދަން މަސައްކަތްކުރާ މީހާއަށް ބުނެލަން އޮތީ ތިއަ ވިސްނެނީ ކިހިނަކުން ހެއްޔެވެ؟ ޓަޔަރު ގޮވިނަމަވެސް ކަލޭ ނުގޮވައެއް ނޫންހެއްޔެވެ؟ ކަލޭ ތިއަހުރީ ސަލާމަތުން ނޫނެހެއްޔެވެ؟ 

ދެން ބަލައިލަންވީ ޒަވާޖީ ޙަޔާތަށެވެ. ވަރިކުރީއެވެ. ނުވަތަ ވަރިވެގެން ދިއައީއެވެ. އެއީ މީހާގެ ހަޔާތް ޤިޔާމަތްވުން ކަމަށް ނުދެކޭށެވެ. މުސްލިމުންނަށް އެއް ކައިވެންޏަށްވުރެ ގިނަ ކައިވެނިކުރުން ހުއްދަވެގެންވަނީ ހަމަ އެ ސަބަބަށްޓަކައެވެ. ލިބުނު ގެއްލުމުން އަރައިގަތުމަށެވެ. 

މުސްލިމުންނަކީ އެއްވެސް ނިޢުމަތެއް ގެއްލިދިމުން ކަންބޮޑުވާންޖެހޭނެ ބައެއް ނޫނެވެ. އެކަމެއް ގެއްލިގެން އެދިއައީ އެކަން މިންވަރުކުރެއްވެވި ﷲ ތަޢާލާ އެކަން އަނބުރާ ގެންދެވުމުންކަން ޤަބޫލުކޮށް ޝުކުރުވެރިވާންޖެހޭނެ ބައެކެވެ. 

ވިސްނައިލާށެވެ! އެކަނިވެރި މައިންގެ ގޮތުގައި ދުނިޔޭގައި އުލެމުންދާ އަންހެނުންގެ ޢަދަދަށެވެ. އަދި ވަރިކުރުމުން ދެވަނަ ކައިވެނިކުރެވި، 3،4،5 ކައިވެނިވެސް ކުރެވި ކުރިއަށްވުރެ މާއުފަލުގައި ދިރިއުޅެމުން އަންނަ އަންހެނުންގެ ޢަދަދަށެވެ. އެއިރުން ހިތްވަރު ލިބި އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން