މާރުކޭޓަކަށް ފިހާރައަކަށް އަދި ފިހާރަތަކެއް ހުރި ބާޒާރަކަށްވަނަސް ކުރަން އޮތް ޛިކުރު:

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މާރުކޭޓަކަށް ފިހާރައަކަށް އަދި ފިހާރަތަކެއް ހުރި ބާޒާރަކަށްވަނަސް ކުރަން އޮތް ޛިކުރު:

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ތަންތަނަކީ މިސްކިތްތަކެވެ. އަދި އެކަލާނގެ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ތަނަކީ މާރުކޭޓުތަކެވެ. ބާޒާރުތަކެވެ. 

އަހުރެމެންނަށް ބާޒާރުތަކަށް ނުގޮސް އުޅެވޭކަށް ނެތެވެ. އެހެންކަމުން ދެން މިއޮތީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތުގައި އެތަންތަނަށް ގޮސްއުޅުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ކިޔަންހުރި ޛިކުރުތައް ކިޔައިގެން ގޮސްއުޅުމެވެ. 

ވީމާ އެފަދަ ތަނަކަށް ވަންނަނަމަ މިފަދައިން ޛިކުރުކުރާށެވެ! 

((لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، يُحْيِي وَيُمِيتُ، وَهُوَ حَيٌّ لاِ يَمُوتُ، بِيَدِهِ الْخَيْرُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ))

މާނައީ: "މެނުވީ އަޅުކަންވެވުން ހައްގުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެ އިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އެންމެހާ ވެރިކަމަކާއި އެންމެހާ ހަމްދެއް ލިބިވޮޑިގެންވަނީ އެ އިލާހަށެވެ. އެ އިލާހު މަރުއްވަތެވެ. އަދި ދިރުއްވަތެވެ. އަދި އެ އިލާހީ ދިރިދެމިވޮޑިގެންވާ އަވަހާރަވުމެއްނުވާ އިލާހެވެ. އެންމެހާ ހެވެއްވަނީ އެ އިލާހުގެ އަތްޕުޅުގައެވެ. އަދި އެ އިލާހީ ހުރިހާކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ."

މިއަދު އޮންލައިން