ބިންމަތިފަދަ ތަންތަނުގެ ނަމާދުކުރާއިރު ފައިވާނާއެކު ކުރުން ހުއްދަ ނަމަވެސް އެއީ ސުންނަތެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބިންމަތިފަދަ ތަންތަނުގެ ނަމާދުކުރާއިރު ފައިވާނާއެކު ކުރުން ހުއްދަ ނަމަވެސް އެއީ ސުންނަތެއް ނޫން!

ޞަޙީޙް މުސްލިމްގައިވެއެވެ. 

ފައިވާނަށް އަރައިގެން ހުރެ ނަމާދު ކުރުމީ ސުންނަތެއް ނޫނެވެ. މިގޮތަށް ފައިވާން ޖޯޑުކޮޅުގައި  ނަމާދު ކުރެއްވީ މިސްކިތުގައި ތަޅުމެއް އެޅިފައި ނެތް ދުވަސްވަރު އެވެ. އޭރު އޮންނަނީ ވެލިގަނޑެވެ. ބައެއްފަހަރު ވާރޭވެހި ބިން ޗަކަ ވެފައިވެސް އޮވެއެވެ. ފަހުން އިތުރު އެކަލޭފާނު ނަމާދުކޮށް ހެއްދެވީ ފައިވާންޖޯޑުކޮޅު ބާލުއްވަވާފައެވެ. އަދި އަޞްޙާބު ބޭކަލުންވެސް ކަންތައް ކުރެއްވީ މިގޮތަށެވެ. 

އެހެންކަމުން ފައިވާނުގައި ނަމާދު ކުރުމީ ހުއްދަކަމެއް ކަމުގައި ވިއަސް، މިޒަމާނުގައި ރީތިކޮށް ހަދާފައި ހުންނަ، ސާފުތާހިރު މިސްކިތަށް ފައިވާނާއެކު ވަނުމީ މިސްކިތުގެ އަދަބާއި ޚިލާފުވާނޭ ކަމެކެވެ. އަދި އިސްލާމް ދީނަކީ އެންމެ ސާފުތާހިރު ދީނަށްވެފައި، އެދީނުގެ ނަމުގައި، ސުންނަތެއް ކަމުގައި ދަޢުވާކޮށް ފައިވާނަށް އަރައިގެން މިސްކިތަށް ވަނުމީ ގޮތްކުޑަ ކަމެއް ކަމުގައި ނޫނީ ނުވާނެއެވެ. 

މިގޮތަށް ސުންނަތް އަދާކުރުމުގެ ނަމުގައިފައިވާނައިގެން މުށިޖަހާފައި ހުންނަ މިސްކިތަށާއި ރީތިކޮށް އޮންނަ މުސައްލައާއި ދޫލަމައްޗަށް ފައިވާނުން އަރައިގެން ހިނގާ މީހުން، ތިމާމެންގެ އެނދުމައްޗަށް ފައިވާނާއެކު ނާރަނީ ކީއްވެގެންބާއޭ، އެމީހުން އަމިއްލައަށް ސުވާލުކޮށްލުން ރަނގަޅުވާނެއެވެ. ޝައްކެއްނެތި މިއީއަކީ ސުންނަތެއް ނޫނެވެ. ޙާލަތާ ގުޅިގެން ހުއްދަ ވެގެންވާ ކަމެކެވެ. (މުތަރްޖިމް) 

ވީމާ ރަމަޟާން މަހު މިސްކިތްތައް ފުރިގެން ބޭރުގައި ނަމާދުކުރާއިރު މުސައްލަމަތީގައި ނުކުރާނަމަ ފައިވާނުގައި ހުރުން ހުއްދައެވެ. 

- ޞަޙީޙް މުސްލިމް (ތަރުޖަމާ: އަލއުސްތާޛް ޙުސައިން ރަޝީދު އަޙްމަދު)

 

 

މިއަދު އޮންލައިން