ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭނަމަ ދަރިން ލިބުމުގައި ރަޙްމަތް ލައްވަވާނެ2 ގޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭނަމަ ދަރިން ލިބުމުގައި ރަޙްމަތް ލައްވަވާނެ2 ގޮތް!: މުފްތީ މެންކް

ކޮންމެ މީހަކުވެސް ދަރިން ބޭނުންވާނެއެވެ. އެއް ބައަކު ގިނަ ދަރިން ބޭނުންވާނެއެވެ. އަނެއްބައަކު މަދުން ބޭނުންވެދާނެއެވެ. އެހެނަސް ދަރިން ބޭނުން ނުވާނެ މީހަކު ހަމަ ވަރަށް މަދުވާނެއެވެ. ދަރިއަކު ނުލިބޭނަމަ ަކންބޮޑުވެވެނީ އެހެންވެގެންނެވެ.

ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭނަމަ ދަރިން ލިބުމުގައި ދެގޮތަކުން ރަޙްމަތް ލައްވަވާނެތެވެ. ފުރަތަމަ ގޮތަކީ ދަރިން ނުލިބޭ މީހުންނަށް ދަރިން ދެއްވެވުމެވެ. ދެވަނަ ގޮތަކީ ލިބިފައިވާ ދަރިންނަކީ ހެޔޮލަފާ ދަރިންކަމުގައި ލެއްވެވުމެވެ.

މިކަމުގެ ދަލީލަކީ ހެޔޮލަފާ މީހުންގެ (ގިނަ) ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުވާކަމެވެ. ކުއްޖަކަށް ނުބައިމަގަކުން ދެވުނު ނަމަވެސް އެނބުރި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާކަމެވެ. ވީމާ ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ މައްޗަށް އިންޓަރނެޓް ވެރިވެގެންފައިވާ މިޒަމާނުގައި ދަރިންނަށްޓަކައިވެސް މައިންބަފައިން ގިނަގިނައިން ތައުބާވެ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރަންޖެހެއެވެ.

ކޮންމެ މީހަކީވެސް ކޮންމެވެސް ކަމަކަށް ބޭނުންވެގެން ހުންނާނެ މީހެކެވެ. ހުރިހާ ކަމެއް އެމީހާ ހިތްއެދޭވަރަށް ޙާޞިލުކުރެވިގެން ހުރި ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެނީ އެމީހާ އެދޭ ހުރިހާ ކަންކަން، ހަމަ ހިތަށް އަރުވައިލާއިރަށް ޙާޞިލުވުން އޮތީ ހަމައެކަނި ސުވަރުގެއިންނެވެ. އެމަތިވެރި ނިޢްމަތަށް އެދޭމީހާއަށް އޮތީ ސުވަރުގެ ވަންނަން މަސައްކަތްކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން